ގޮއިދޫގައި އީދު ފާހަގަކުރުމުގެ ގޮތުން ރޭ އަލިފާން ބޯޅަ ކުޅެނީ

ޢީދު ފާހަގަ ކުރަން ބ. ގޮއިދޫގައި އަލިފާން ބޯޅަ މެޗެއް

ހިތާދޫ އޮންލައިން | 12 އޯގަސްޓު 2019





ބ. ގޮއިދޫގައި މިއަހަުގެ އަޟްހާ އީދު ފާހަގަ ކުރަން އަލިފާން ބޯޅަ ކުޅެފިއެވެ.

އެ ހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ މުޅި ދަނޑުވެސް އަލިފާން ރޯކޮށްލައިގެންނެވެ. ގޯލާއި، ބޯޅައިގައިވެސް ވަނީ އަލިފާން ރޯކޮށްލާފައެވެ. ދެ ޓީމަކަށް ބަހާލައިގެން ފުޓްބޯޅަ ކުޅޭ ގޮތަށް ކުރިއަށްގެންދިޔަ މެޗު ބަލަން ރަށުގެ ގިނަ އަދަދެއްގެ ބަޔަކު އެއްވިއެވެ. އަދި އީދާއި ދިމާކޮށް ރަށަށް ޒިޔާރަތްކުރި އެންމެންވެސް ދިޔައީ އެ ހަރަކާތް ބަލާށެވެ.

އަލިފާން ބޭނުންކޮށްގެން އެ ހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ ކުޅިވަރު ކުޅުނު މީހުންނާއި، އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްތަކެއް ކުރުމަށްފަހުއެވެ.

ގޮއިދޫއަކީ ކޮންމެ ކަމެއްގައިވެސް ވަރަށް އެކުވެރި ރަށެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރަމުން އަންނަ ރަށެކެވެ. މި އީދުގައިވެސް ގޮއިދޫގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރަށު ކައުންސިލުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :