އަބުސީ ކަޕުގެ ކުޅުންތެރިން

މާދަމާ ހެނދުނު "އަބުސީ ކަޕް" ފަށަނީ

ޢާމިރު ޢަބްދުއްލަޠީފު | 11 އޯގަސްޓު 2019

ބ. ހިތާދޫގެ ކުރީ ފުޓުބޯޅަ ކުޅުންތެރިޔާ އަދި ކޯޗު އަލްމަރްހޫމު ޢަބްދުއްރަޝީދު ޢަބްދުލް ބާޤިރުގެ ހަނދާނުގައި ތުއްތު ކުދިންގެ ފުޓުބޯޅަ މުބާރާތް "އަބުސީ 2019" މާދަމާ ހެނދު ފެށާނެ ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުނެފިޔެވެ.

މުބާރާތް އިންތިޒާމު ކުރާ މަރުޙޫމު ޢަބްދުއްރަޝީދުގެ އާއިލާ " ނޫރާނިމާގެ" ފަރާތުން ބުނީ މިއީ ބޭބެގެ ހަނދާނުގައި ބާޢްވާ ސިލްސިލާ މުބާރާތެއް ކަމަށާއި މިއަހަރު މި މުބާރާތް ބާޢްވަނީ ގްރޭޑް 2. 3، 4 ގެ ކުދިންނަށް ކަމަށާއި މިއީ މިސިލްސިލާގެ 2 ވަނަ މުބާރާތއލަމަށެވެ.

މާދަމާ ހެނދުނު 06:30 ގައި ހިތާދޫ ފުޓުބޯޅަ ދަނޑުގައި ފަށާ މި މުބާރާތުގައި ޖުމްލަ 6 ޓީމުން ވާދަކުރެއެވެ.

މަރްޙޫމު ޢަބްދުއްރަޝީދަކީ ބ. ހިތާދޫގެ ފުޓުބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މޮޅު ކުޅުންތެރިއެކެވެ. އޭނާ އަކީ 80 ގެ އަހަރު ތަކުގައި ހިތާދޫ ޒުވާނުންގެ ޖަމިއްޔާގެ ފުޓުބޯޅަ ޓީމުގައި ކުޅުނު މޮޅު ކުޅުންތެރިއެއްގެ އިތުރުން ފުޓުބޯޅައިގެ ހުނަރުތައް ދަސްކޮށްދިނުމުގައި ވަރަށް އިސް ދައުރެއް އަދާކުރި ބޭފުޅެކެވެ.

މަރްޙޫމު ޢަބްދުއްރަޝީދު ބާޤިރު ނިޔާވީ ދެ އަހަރެއްހާ ދުވަސް ކުރީން މަސައްކަތުގައި އުޅެނިކޮށް ކުއްލިގޮތަކަށެވެ


ކިޔުންތެރިންގެ ޚިޔާލު...


ނަން :