އީދު ފެށުމުގެ ގޮތުން އޭދަފުށީގައި ރޭ ހަވާ އަރުވަނީ

އޭދަފުށީގައި އީދު ކުޅިވަރުތައް ފެށުމުގެ ގޮތުން ރޭ ހަވާ އަރުވައިފި

ޢާމިރު ޢަބްދުއްލަޠީފު | 11 އޯގަސްޓު 2019





އޭދަފުށީގައި އީދު ކުޅިވަރުތައް ފެށުމުގެ ގޮތުން ރޭ ހަވާ އަރުވައިފި އެވެ

މި އަޟްހާ އީދުގެ ބަންދުގައި އޭދަފުށީގައި “އީދު ފޯރި”ގެ ނަމުގައި ފޯރިގަދަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމައިފި އެވެ. ހަރަކާތްތައް ރާވާފައިވާ ގޮތަށް ބަލާއިރު، މިއީ މާދަމާ ފާހަގަކުރާ މި އަހަރުގެ ބޮޑު އީދުގައި މިފަހަކަށް އައިސް އެންމެ ބޮޑު ފޯރިއެއް ނަގާ ފަހަރަށް ވާނެއެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިރަށުގައި މިފަހަރު ކުލަ ގަދަކޮށް އީދު ފާހަގަ ކުރަނީ ދިވެހިންގެ ތެރޭގައި އޮންނަ އިޖުތިމާއީ އެއްބައިވަންތަކަމާއި އަހުވަންތަކަން އާލާކޮށް، ގުޅުން ވަރުގަދަކޮށް، ރަހްމަތްތެރިންނާއެކުގައި އުފާވެރި މާހައުލެއް ހޯދައިނުމަށް ކަމަށެވެ. އެގޮތުން އީދުގެ ހަރަކާތްތަށް މިފަހަރު ކުރިއަށްގެންދަނީ ރަށުގެ ކްލަބް ޖަމިއްޔާތަކާއި ރައްޔިތު އެންމެން ގުޅިގެންނެވެ.

އީދު ފެށުމުގެ ގޮތުން އޭދަފުށީގައި މިރޭ ހަވާ އަރުވަނީ
އޭދަފުށީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނީ ރަސްމީ ފުޓްބޯޅަ ދަނޑު (ވެލި ދަނޑު) ގަ އެވެ. އީދު ނަމާދަށް ފަހު، ބޯޅަ ދަނޑު ސަރަހައްދުގައި އީދު ސައި އޮންނާނެ އެވެ.

އީދާ ގުޅިގެން މިފަހަރު މަޝްހޫރު މޫނުތަކާ އެކު އޭދަފުށީގައި ފޯރިގަދަ މިއުޒިކް ޝޯތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ. އީދު ޝޯތަކުގައި ގައި މަޝްހޫރު އެތައް ނެށުންތެރިންނެއް ބައިވެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި އައްޒަ، ޖާދޫ، ދޮންއަލީ އަދި ޓިކްޓޮކް އިން މަޝްހޫރު ވި އާޝާ އާއި ޝެރާ ހިމެނެ އެވެ.

މީގެ އިތުރުން، އީދު ފާހަގަ ކުރުމުގެ ގޮތުން ފެންކުޅީގެ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. އަދި ސަގާފީ ކުޅިވަރުތަކުގެ އިތުރުން ތަފާތު ކުޅިވަރު މުބާރާތްތަކާއި އީދު ފުޓްބޯޅަ މުބާރާތް ވެސް ކުރިއަށްދާނެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :