"އެމް ސެވަން ޔޫތް ކަޕް2019" ބަގޭސް އާއި ބަރާބަރު ފައިނަލަށް ގޮސްފި!

އަޙްސަން | 11 އޯގަސްޓު 2019

ޢަޟްހާ ޢީދުގެ މުނާސަބަތުގައި ހިތާދޫ ޔޫތުވިންގ އިން އިންތިޒާމް ކޮށްގެން ކުރިޔަގެންދާ "އެމްސެވަން ޔޫތު ކަޕް 2019" ފައިނަލަށް ބަގޭސް އާއި ބަރާބަރު ގޮސްފިއެވެ.

ހިތާދު ބޯޅަދަނޑުގައި މިޔަދު ހަވީރު ކުޅުނު ފުރަތަމަ ސެމީފައިނަލް މެޗުގައި ބައްދަލު ކުރީ ހުދުފޮށާ އާއި ބަގޭސް އެވެ. މިމެޗު 8 ލަނޑު 1 ލަނޑުން މެޗު ކާމިޔާބު ކުރީ ބަގޭސް ޓީމްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަ ހޮވުނީ ބަގޭސް ޓީމް ގެ ޖާރޒީ ނަންބަރު 22 ހުޝާމް އެވެ.

ދެވަނަ ސެމީފައިނަލް މެޗުގައި ބައްދަލު ކުރީ ކެރޭނަތަ އާއި ބަރާބަރެ އެވެ. މި މެޗު 2 1 ލަނޑުން މެޗު ކާމިޔާބުކުރީ ބަރާބަރުޓީމްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަ ހޮވުނީ ބަރާބަރު ގެ ޖާރޒީ ނަންބަރު 7 ހައިޝަމްއެވެ.

މިމުބާރާތުގެ ފައިނަލް މެޗެއް އޮންނާނީ މާދަމާ ހަވީރު 4:00 ގައެވެ.

"ޔޫތްކަޕް" ޗެމްޕިއަން ޓީމް ތަކަކީ 2003 ސާބަސް ، 2004 ވަރިހަމަ ، 2006 ސަޕޯޓިން ސުޓަރ، 2007 ޔޫ ފޭސް ، 2008 ބަރާބަރު ، 2009 ވަރިހަމަ ، 2010 ބަރާބަރު ، 2011 ހާސްކަޑާ ، 2012 ޔޫ ފޭސް ، 2013 ޔޫ ފޭސް ، 2014 ބަރާބަރ ، 2015 ޔޫ ފޭސް ، 2016 ބަރާބަރު، 2017 ބަރާބަރު އަދި 2018 ގައި ޔޫ ފޭސް އެވެ.

މި އަހަރުގެ "އެމް ސެވަން ޔޫތް ކަޕް 2019 " ގެ އެންމެ ފަހުގެ މައުލޫމާތު ވަގުތުން ހިތާދޫ އޮންލައިން ފޭސް ބުކް ޕޭޖް އިން ގެނެސްދޭނެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :