ރޭ ހިތާދޫގައި ޖެހި ޢީދު ހުޅު ފޮޓޯ- ހިތާދޫ އޮންލައިން

ބ. ހިތާދޫގައި ޢީދު ކުޅިވަރު ފަށައިފި

ޢާމިރު ޢަބްދުއްލަޠީފު | 11 އޯގަސްޓު 2019

ބ. ހިތާދޫގައި 1440 ވަނަ އަހަރުގެ އަޟްހާ ޢީދުގެ ކުޅިވަރުތަށް ރޭ ފަށައިފިއެވެ.

ޢީދު ފެށުމުގެ ގޮތުން ރޭ 8:45 ގައި ހިތާދޫ އިރުމަތި އަވަށުން އިންތިޒާމު ކުރި ޢީދުވަނީ ޖަހާފައެވެ. މި ކުޅިވަރު ބެލުމަށް ގިނަ ރައްޔިތުންނާއި ކުޑަކުދިން ވަނީއެސަރަހައްދަށް ޖަމާވެފައެވެ.

ޢީދު ކުޅިވަރުތަށް ފެށުމުގެ ގޮތުން މިއަދުގެ ފަތިސް ނަމާދަށްފަހު ދަނޑުމަތި އަވަށުގެ ޢީދުބޭ އެރުންވެސް އޮތެވެ. މިއީ ބ. ހިތާދޫގައި ކުޅެވޭ އެންމެ ޒަމާންވީ ކުޅިވަރެވެ. މިކުޅިވަރު ފެށުނު ވަކި ތާރީޚެއްނޭގެއެވެ.

އަދި އީދުބޭގެ އިތުރުން ދަނޑުމަތި އަވަށުން އިންތިޒާމު ކޮށްގެން ޢީދު ސައި ގެ ނަމުގައި އީދު ނަމާދަށްފަހު ރައްޔިތުންނަށް ވަނީ ސައި ދީފައެވެ. މިސައި އޮތީ ހިތާދޫ ސްކޫލް ހޯލިގައެވެ.

ބ. ހިތާދޫގައި ޢީދުގައި ތަފާތު ގިނަ ޘަޤާފީި ކުޅިވަރުތައް ކުޅުމަށް ވަނީ ރާވާފައެވެ.

ޢީދު ގެ ފޮޓޯތަްއް ބައްލަވާލެއްވިމަށް ހިތާދޫ އޮންލައިން ފޭސްބުކް ޕޭޖައް ޒިޔާރަތް ކޮށްލައްވާ

ހިތާދޫ އޮންލައިން


ކިޔުންތެރިންގެ ޚިޔާލު...


ނަން :