"އެމް ސެވަން ޔޫތް ކަޕް2019" ބޮޑު ތަފާތަކުން ބަގޭސް، ކެރޭނަތަ އަދި ވަރިހަމަ މޮޅުވެއްޖެ!!!

އަޙްސަން އަޙްމަދު | 9 އޯގަސްޓް 2019





ޢަޟްހާ ޢީދުގެ މުނާސަބަތުގައި ހިތާދޫ ޔޫތުވިންގ އިން އިންތިޒާމް ކޮށްގެން ކުރިޔަގެންދާ "އެމްސެވަން ޔޫތު ކަޕް 2019" މި ރޭ ފަށައިފިއެވެ.

ހިތާދު ބޯޅަދަނޑުގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކުރީ އެލް އެސް ބީ އާއި ބަގޭސް އެވެ. މިމެޗު 13 ލަނޑު 0 ލަނޑުން މެޗު ކާމިޔާބު ކުރީ ބަގޭސް ޓީމްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަ ހޮވުނީ ބަގޭސް ޓީމް ގެ ޖާރޒީ ނަންބަރު 10 އަފްސަލް އެވެ.

މިރޭކުޅުނު ދެވަނަ މެޗުގައި ބައްދަލު ކުރީ ދަ ބެސްޓް އާއި ޔޫ ފޭސް އެވެ. މި މެޗު 1 0 ލަނޑުން މެޗު ކާމިޔާބުކުރީ ޔޫ ފޭސްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަ ހޮވުނީ ދަ ބެސްޓު ގެ ޖާރޒީ ނަންބަރު 7 އަޙްމަދު ޖައިލަމްއެވެ.

މިރޭކުޅުނު ތިންވަނަ މެޗުގައި ބައްދަލު ކުރީ ކެރޭނެތަ އާއި ބާގޭސް ކަންމަތިއެވެ. މިމެޗު 9 ލަނޑު 0 ލަނޑުން މެޗު ކާމިޔާބު ކުރީ ކެރޭނެތައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަ ހޮވުނީ ކެރޭނަތަ ޓީމުގެ ޖާރޒީ ނަންބަރ 3 ނާއިފްއެވެ.

މިރޭކުޅުނު ހަތަރުވަނަ މެޗު ގައި ބައްދަލު ކުރީ އެލް އެސް ބީ އާއި ވަރިހަމައެވެ. މި މެޗު ފަސޭހަ ކަމާއެކު 9 ލަނޑު 1 ލަނޑުން މެޗު ކާމިޔާބުކުރީ ވަރިހަމަ ޓީމުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަ ހޮވުނީ ވަރިހަމަ ޓީމުގެ ޖާރޒީ ނަންބަރު 10 ސައީދު އެވެ.

ދެން މިމުބާރާތުގެ މެޗެއް އޮންނާނީ މާދަމާ ހަވީރު 4:00 ގައެވެ. މި މެޗުގައި ބައްދަލު ކުރާނީ ޔޫ ފޭސް އާއި ހުދުފޮށާއެވެ.

އެމް ސެވަން އިން ސްޕޮންސާކޮށްފައިވާ "އެމް ސެވަން ޔޫތް ކަޕް 2019 " ޖުމުލަ 09 ޓީމް ވާދަކުރާ އިރު 111 ކުޅުންތެރިންގެ ހުނަރު ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ފުޓްސެލް ގައި ރާއްޖޭގައި މިވަގުތު ތިބި އެންމެ މޮޅު ކުޅުންތެރިން ވެސް ހިމެނެއެވެ.

ޖުމުލަ 12 މެޗް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ދާނީ އޮގަސްޓް 12 ގެ ނިޔަލަށެވެ. ޗެމްޕިއަން ޓީމް އަށް 10000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"ޔޫތްކަޕް" ޗެމްޕިއަން ޓީމް ތަކަކީ 2003 ސާބަސް ، 2004 ވަރިހަމަ ، 2006 ސަޕޯޓިން ސުޓަރ، 2007 ޔޫ ފޭސް ، 2008 ބަރާބަރު ، 2009 ވަރިހަމަ ، 2010 ބަރާބަރު ، 2011 ހާސްކަޑާ ، 2012 ޔޫ ފޭސް ، 2013 ޔޫ ފޭސް ، 2014 ބަރާބަރ ، 2015 ޔޫ ފޭސް ، 2016 ބަރާބަރު، 2017 ބަރާބަރު އަދި 2018 ގައި ޔޫ ފޭސް އެވެ.

މި އަހަރުގެ "އެމް ސެވަން ޔޫތް ކަޕް 2019 " ގެ އެންމެ ފަހުގެ މައުލޫމާތު ވަގުތުން ހިތާދޫ އޮންލައިން ފޭސް ބުކް ޕޭޖް އިން ގެނެސްދޭނެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :