2008 ވަނަ އަހަރު ބަރާބަރު ޓީމް މެޗު ކުޅުމަށް ދަނޑަ ހާޒިރުވަނީ - ފައިލް ފޮޓޯ ހިތާދޫ އޮންލައިން

ފޯރިގަދަ "އެމް ސެވަން ޔޫތް ކަޕް" މާދަމާ ރޭ ފަށަނީ!!!

އަހުސަނު އަހުމަދު | 08 އޯގަސްޓު 2019

ހިތާދޫގައި ބާއްވާ އެންމެ ދުވަސް ވީ އަދި އެންމެ ފޯރިގަދަ ފުޓްސެލް މުބާރާތް "އެމް ސެވަން ޔޫތު ކަޕް 2019 " މާދަމާ ރޭ ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވާންފަށައިފިއެވެ. މިވަގުތު ނުނިމި ހުރީ ހަމައެކަނި ދަނޑު ހެނދުން އެކަނިއެވެ. އެ މަސައްކަތް ވެސް މިރޭގެ ވަގުތެއްގާ ނިންމާ ލެވޭނެކަމަށް ހިތާދޫ ޔޫތް ވިންގުން ބުނެއެވެ.

މިއީ މެދުކެނޑުމެއް ނެތި ހިތާދޫ ޔޫތް ކަޕް ބާއްވާ 16 ވަނަ ފަހަރުއެވެ.

އެމް ސެވަން އިން ސްޕޮންސާކޮށްފައިވާ މި ފަހަރުގެ "އެމް ސެވަން ޔޫތް ކަޕް 2019 " މާދަމާ ރޭ ހުޅުވާ މެޗްގައި ބައްދަލް ކުރާނީ ބަގޭސް އާއި އެލް.އެސް.ބީ އެވެ. މެޗް ފަށާނީ މާދަމާ ރޭ 20:15 ގަ އެވެ.

ހިތާދޫ ރަސްމީ ބޯޅަދަނޑުގައި ކުޅޭ މިމުބާރާތުގައި ޖުމުލަ 09 ޓީމް ވާދަކުރާ މި މުބާރާތުގައި 111 ކުޅުންތެރިންގެ ހުނަރު ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ފުޓްސެލް ގައި ރާއްޖޭގައި މިވަގުތު ތިބި އެންމެ މޮޅު ކުޅުންތެރިން ވެސް ހިމެނެއެވެ.

ޖުމުލަ 12 މެޗް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ދާނީ އޮގަސްޓް 12 ގެ ނިޔަލަށެވެ. ޗެމްޕިއަން ޓީމް އަށް 10000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"ޔޫތްކަޕް" ޗެމްޕިއަން ޓީމް ތަކަކީ 2003 ސާބަސް ، 2004 ވަރިހަމަ ، 2006 ސަޕޯޓިން ސުޓަރ، 2007 ޔޫ ފޭސް ، 2008 ބަރާބަރު ، 2009 ވަރިހަމަ ، 2010 ބަރާބަރު ، 2011 ހާސްކަޑާ ، 2012 ޔޫ ފޭސް ، 2013 ޔޫ ފޭސް ، 2014 ބަރާބަރ ، 2015 ޔޫ ފޭސް ، 2016 ބަރާބަރު، 2017 ބަރާބަރު އަދި 2018 ގައި ޔޫ ފޭސް އެވެ.

މި އަހަރުގެ "އެމް ސެވަން ޔޫތް ކަޕް 2019 " ގެ އެންމެ ފަހުގެ މައުލޫމާތު ވަގުތުން ހިތާދޫ އޮންލައިން ފޭސް ބުކް ޕޭޖް އިން ގެނެސްދޭނެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :