ތައުލީމީ މަރުކަޒުގެ 11 ދަރިވަރަކު ކޮރެއާއަށް ފުރައިފި

ހިތާދޫ އޮންލައިން | 05 އޯގަސްޓު 2019





ސައުތު ކޮރެއާގައި މިއަދު ފަށާ 29 ވަނަ ގާލް ސްކައުޓް އިންޓަނޭޝަނަލް ކޭމްޕްގައި ބައިވެރިވުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 11 ގައިޑުންނާއި ގައިޑު ލީޑަރަކު ރޭ ކޮރެއާ އަށް ހިގައްޖެ އެވެ.

މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަނުން ބުނީ މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކޮރެއާގެ ގޮސެން ޖަމްބޮރީ ސައިޓްގައި ބާއްވާ އެ ކޭމްޕްގައި ތަފާތު ގައުމުތަކުން 3000 އަށްވުރެ ގިނަ ގާލް ގައިޑުންނާއި ގާލް ސްކައުޓުން ބައިވެރިވާނެ ކަމަށެވެ.

މި ކޭމްޕުގައި ރާއްޖޭގެ 12 ސްކޫލަކުން 60 ދަރިވަރުންގެ އިތުރުން 7 ލީޑުންވެސް ބައިވެރިވެ އެވެ.

ގާލް ގައިޑް އެސޯސިއޭޝަނުން ބުނިގޮތުގައި މި ކޭމްޕްގެ މަގްސަދަކީ ބައިނަލް އަގުވާމީ މުޖުތަމައުގައި ލޯހުޅުވި ކަންކަމަށް ކުރިމަތިލުމަށް ގާބިލުކަން ހޯދައިދީ ފުރުސަތު ހުޅުވާލުމެވެ.

މި ކޭމްޕްގެ ތެރެއިން ދިރިއުޅުމުގައި ދިމާވާ ކަންކަމާއި އެކިއެކި ގޮންޖެހުން ތަކުގައި އަމިއްލައަށް ކެރިގެން ކުރިމަތިލުމުގެ ހުނަރުތައް ދަސްކުރާނެ ކަމަށް ވެސް ގާލްގައިޑް އެސޯސިއޭޝަނުން ބުންޏެވެ.
(ޚަބަރު: އީޓީ)


ކިޔުންތެރިންގެ ޚިޔާލު...


ނަން :