އޭދަފުއްޓަށް އެއް މެގަރ ވޮޓުގެ ގެނެރޭޓަރެއް ގެނެސްފި

ހިތާދޫ އޮންލައިން | 01 އޯގަސްޓު 2019

އޭދަފުށިން ކަރަންޓް ކެޑޭ މައްސަލަ ހައްލު ކުރުމުގެ ގޮތުން އެއް މެގަ ވޯޓްގެ އިންޖީނެއް އެ ރަށަށް ގެނެސްފި އެވެ.

އޭދަފުށީ އިންޖީނުގޭގެ މެނޭޖަރު އަހްމަދު އަންވަރު ވިދާޅުވީ އާ އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާނެ ކަމަށާއި އިނޖީނު އިންސްޓޯލު ކުރުމުގެ މސައްކަތާއެކު ނެޓްވޯކް ހައިވޯލްޓޭޖު ނެޓްވޯކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ.

މި މަސައްކަތްތައް އެއްކޮށްނިމި ކަރަންޓްދޭން ފެށުމުން މިހާރު އޭދަފުއްޓަށް ދިމާވާ ކަރަންޓް ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް އަންވަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :