ރައީސް ސޯލިހު ފުޅަދޫ ކައުންސިލަރުންނާ ބައްދަލު ކުރެއްވުން--ފޮޓޯ : ރައީސް އޮފީސް

ފުޅަދޫ ރައްޔިތުންގެ ކަންބޮޑުވުން ރައީސަށް ދަންނަވައިފި

ހިތާދޫ އޮންލައިން | 31 ޖުލައި 2019

ބ. ފުޅަދޫ ރައްޔިތުންގެ ކަނަބޮޑުވުންތައް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެރަށު ކައުންސިލުން ހިއްސާ ކޮށްފިއެވެ.

ފުޅަދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސަށް ހިއްސާ ކުރެއްވީ ބ. އަތޮޅުގެ ބައެއް ރަށްރަށަށް އިއްޔެ ރައީސް ފައްޓަަވާފައިވާ ދަތުރުފުޅުގައި ބ. ފުޅަަދޫއަށް ވަޑަައިގެންއެރަށުގެ ކައުންސިލަރުންނާއި ބައްދަލު ކުރެއްވުމުންނެވެ. މި ބައްދަލު ކުރެއްވުމުގައި ކައުންސިލަރުންގެ އިތުރުން އެރަށުގެ މުއައްސަސާ ތަކުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފުޅަދޫ ކައުންސިލު އިދާރާގައި އޮތް މިބައްދަލުވުމުގައި އެރަށުގެ ތަރައްގީއަށް ބޭނުންވެފައިހުރި މުހިންމު ކަންކަމާ ރައްޔިތުންގެ ޝަކުވާތަކާ ރަށުގެ ތަރައްގީއަށް ހުރި ގޮންޖެހުންތަކާބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން ރަނގަޅުފެންވަރުގެ ބަނދަރެއްނެތުމާއި ނަރުދަމާއާއި ކަރަންޓުގެ ދަތިތަކާއި ސިއްހީ ދާއިރާގައި ހުރި ބައެއް މައްސަލަތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ފެރީގެ ހިދުމަތް މިހާރަށްވުރެ ހަރުދަނާ ކުރުމާބެހޭގޮތުންނާއި ކުނީގެ މައްސަލަ ހައްލުކުރުމުގައި ހުރި ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ކައުންސިލަރުންނާ މުއައްސަސާތަކުގެ ވެރިން ރައީސްއާ ހިއްސާކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ފުޅަދޫ ކައުންސިލާއި މުއައްސަސާތަކުގެ ވެރިން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ހިއްސާކުރެއްވިއެވެ.

އަދި ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ


ކިޔުންތެރިންގެ ޚިޔާލު...


ނަން :