ރައީސް ސޯލިހު ބ. އަތޮޅަށް ވަޑައިގެންފި

ހިތާދޫ އޮންލައިން | 30 ޖުލައި 2019





ރައީސް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބ. އަތޮޅުގެ ބައެއް ރައްރަށަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ބ. ފެހެންދުއަށް ވަޑައިގަތުމުން އެ ރަށުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ރައީސް އެރަށަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގިނަ ބަޔަކު ފާލަންދޮށަށް ނުކުތެވެ. އެގޮތުން ގިނަ ބަޔަކު އެ މީހުންގެ ދަރިންނާ އެކު ނުކުތް އިރު އެ ހުރިހާ އެންމެންނާ ވެސް އެމަނިކުފާނު ސަލާމްކުރައްވައި ބައެއް މީހުންނާ ވާހަކަފުޅު ވެސް ދެއްކެވި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ފެހެންދޫގެ ކައުންސިލަރުންނާއި އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަކުރައްވައި މަޝްވަރާ ކުރެއްވާނެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސް ކަމަށް ވަޑައިގެންނެވި ފަހުން މިއީ ބ. އަތޮޅަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މިދަތުރުފުޅުގައި ރައީސް ދެން ވަޑައިގަންނަވާނީ ފުޅާދޫއަށެވެ. އެއަށްފަހު އޭދަފުއްޓަށް ވަޑައިގަންނަވާނެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :