ކުޑަރިކިލު ބާ މިސްކިތް – ފޮޓޯ/އަވަސް އޮންލައިން

ކުޑަރިކިލު އާޘާރީ މިސްކިތް ހިމާޔަތް ކުރަނީ

ހިތާދޫ އޮންލައިން | 29 ޖުލައި 2019





ބ. ކުޑަރިކިލު އާސާރީ މިސްކިތް ހިމާޔަތްކޮށް އިތުރަށް ތަރައްގީ ކުރަން ސަރުކާރުން ނިންމައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނިގޮތުގައި މިހާރު ކުރަމުންދަނީ ކުޑަރިކިލު މިސްކިތާއި ގދ. ވާދޫ މިސްކިތް މިހާރު ހުރި ހާލަތު ބަލައި އެސެސްމަންޓް ހެދުމުގެ މަސައްކަތެވެ. އެގޮތަށް އެގޮތަށް އެސެސްމަންޓްތައް ހަދައި އެ ދެ ތަންތަން ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ކުޑަރިކިލުގެ ކުރީގެ ހުކުރު މިސްކިތަކީ ހިޖުރައިން 1325 ގައި ބިނާކޮށްފައިވާ މިސްކިތެކެވެ. އެ މިސްކިތް ބޭނުންކުރުން ހުއްޓާލީ 1993 ވަނަ އަހަރުއެވެ. އެ މިސްކިތުގެ ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ބޮޑެތި ދޮރުތަކާއި ކުޑަދޮރުތައް ބިންވަޅުނަގާ ކުރެހުންތައް އަޅާފައިވެއެވެ.

އެގޮތުން މިސްކިތުގެ ފާރުގައި ހަދާފައިވާ ސަމުގާއެއް ރަމްޒްކޮށްދޭ ދެ ކުޑަ ދޮރު ހުރެ އެވެ. ދެ ދޮރުވެސް ފަރުމާކޮށްފައި ވަނީ ކުކުޅު ބިހުގެ ބައްޓަމަށެވެ. ފާރުގެ ތެރެއިން ކަނޑާ ނަގާފައިވާ އެ ދެ ދޮރު ވެސް ހުންނަނީ އަނބުރާ ލެވޭ ގޮތަށެވެ.

ކުޑަރިކިލުގެ ބާމިސްކިތާއި މި ދެ ދޮރަކީ މި ރަށް ދުށް ގަލާއި އުވައިގެ ވަޑާމަށް އެންމެ ކުޅަދާނަ ބޭފުޅާ މުހައްމަދު އަލި މަނިކު (ނައިބު ކަލޭފާނު) ގެ ފަންނުވެރި ކަމެވެ. އޭނާގެ ޑިޒައިނެކެވެ. މި މިސްކިތް އިމާރާތް ކުރެއްވީ ވެސް


ކިޔުންތެރިންގެ ޚިޔާލު...


ނަން :