ކަމަދޫ ކައުންސިލުން ނާއިބު ރައީސާ ބައްދަލު ކުރައްވައިފި

ޢާމިރު ޢަބްދުއްލަޠީފު | 24 ޖުލައި 2019

ކަމަދޫ ކައުންސިލުން ނައިބު ރައީސް ފައިސަލް ނަސީމާއި ބައްދަލު ކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، ކަމަދޫ ކައުންސިލުން ވަނީ ކައުންސިލުގެ ކަންބޮޑުވުންތައް ނައިބު ރައީސާ ހިއްސާ ކުރައްވާފައެވެ.

އެގޮތުން އެރަށުގައި ނަރުދަމާއާއި ސާފު ބޯފެނުގެ ނިޒާމު ގާއިމުވެފައި ނެތުމުގެ ސަބަބުން ރައްޔިތުން އުފުލަމުން ގެންދާ އުނދަގޫ ދިރިއުޅުމާއި ދަތިތަކުގެ ވާހަކަ ހިއްސާކުރެއްވިއެވެ. އަދި ކަމަދޫގެ ސިއްހީ ހާލަތާއި އެކަމުގައި ހުރި މައްސަލަތަކާއި، ސްކޫލުގައި ރަނގަޅުކުރަންހުރި ކަންކަމުގެ ވާހަކަވެސް ހިއްސާކުރެއްވިއެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ގާއިމުކުރުމަށް ވަކި އަމާޒެއް ކަނޑައަޅުއްވައިގެން މިސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމުގައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :