އޭދަފުށީ ރޯދި ދޯނި ހިތާދޫ ނެރުފައިކަށްޓަށް އުރިފަ ފޮޓޯ - ހިތާދޫ އޮންލައިން

އޭދަފުށީ ދޯންޏެއް ހިތާދޫ ނެރު ފައިކަށްޓަށް އުރިއްޖެ

ހިތާދޫ އޮންލައިން | 23 ޖުލައި 2019





ބ. އޭދަފުށީ ރޯދި ދޯނި ބ. ހިތާދޫ ނެރު ފައިކަށްޓަށް އުރިއްގެވެ.

މި މަސްދޯނި ނެރު ފައިކައްޓަށް އެރީ މިރޭ 9 ޖަހާކަށް ހާއިރު ހިތާދޫ ކަނޑިންމައިން ވަދެގެން ދަނިކޮށެވެ.

މިދޯނީގެ ކެޕްޓަން ބުނީ ފައިކަށްޓަށް އަރަން ދިމާވީ ކަނޑިންމައިން ވަދެގެން އަންނައިރު ބަނދަރުގައި ދިއްލާފައި ހުންނަ ބައްތިއެއް ނިވިފައި ހުރުމުން މަގު ރަނގަޅަށް ނޭނގިގެނން ކަމަށެވެ.

މި ދޯނި އަރާފައިިވަނީ ފަރުން އެތެރެ މަޑުގަނޑު މައްޗަށެވެ.

ހިތާދޫ ފަޅަށް ވަންނަން އޮންނަ ނެރުމަގުގެ ދިގު މިނުގައި 900 ފޫޓު ހުރެއެވެ.

މިހާރު ހިތާދޫގެ ރައްޔިތުންގެ އެހީތެރިކަމާއި އެކު ދޯނި ފުންކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ދިޔަވަރު ހިކިކަމުން މިވަގިތަށް ދޯނި ފުންކުރުމުގެ މަސައްކަތް މަޑު ޖައްސާލައިފިއެވެ. ދެން އަލުން މަސައްކަތް ކުރާނީ މާދަމާ ފަތިހެވެ.

ރޭ ދަންވަރު 1:30 ގައި ދޯނި ވަނީ ފުންކޮށްފައެވެ. މި ހާދިޘާގައި އެއްވެސް މީހަކަށް އަދި ދޯޏައްވެސް ގެއްލުމެއް ނުވެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :