ޢީދު ފެށުމުގެ ގޮތުން އޭދަފުށީގައި ހަވާ އަރުވަނީ

ހިތާދޫ އޮންލައިން | 23 ޖުލައި 2019





މި އަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން އޭދަފުށީގައި ބާއްވާ ކުޅިވަރުތައް ފަށަނީ ހަވާ އެރުވުމުގެ ކުލަގަދަ ރަސްމިއްޔާތަކާއެކު ކަމަށް އީދު ކުޅިވަރު ކޮމެޓީން ބުނެފި އެވެ.

އަންނަ ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް “އީދުފޯރި 1440” ގެ ނަމުގައި އެރަށު ކައުންސިލުން ކްލަބް ޖަމިއްޔާތަކާއި ގުރޫޕްތައް ގުޅިގެން އަންނަނީ ފޯރީގައި ތައްޔާރުވަމުންނެވެ.

އީދު ފޯރި ފެށިގެންދާނީ އީދު ދުވަހުގެރޭ ބާއްވާ ހަވާ އެރުވުމުގެ ހަރަކާތްތަކާއެކު ކަމަށާއި އެ ހަރަކާތުގައި ހަވާ އެރުވުމާއެކު ސިފައިންގެ ބަޑިބޭހުގެ ކުޅިވަރުތައްވެސް ކުރިއަށްދާނެ ކަމަށް އެކޮމެޓީން ބުނެއެވެ.

މިފަހަރު އީދު ކުލަގަދަ ކުރުމުގެ ގޮތުން މަޝްހޫރު މޫނުތަކަކާ އެކު އޭދަފުށީގައި ފޯރިގަދަ މިއުޒިކް ޝޯތަކެއް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އީދު ޝޯ ގައި މަޝްހޫރު އެތައް ނެށުންތެރިންނެއް ބައިވެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި އައްޒަ، ޖާދޫ، ދޮންއަލީ އަދި ޓިކްޓޮކް އިން މަޝްހޫރު ވި އާޝާ އާއި ޝެރާ ހިމެނެ އެވެ.

މީގެ އިތުރުން މަޝްހޫރު ނަށާ ގްރޫޕް ޓިގަ ލިލީސް ވެސް މިފަހަރުގެ އީދުގައި އޭދަފުށީގައި ޕާފޯމްކުރާނެ އެވެ.

“ހަގީގަތުގައި އޭދަފުށީގައި ކުރިން އީދު ފާހަގަކުރިއިރު އޮންނަ ފޯރި މިއަހަރު ފެންނާނެ،”

މި ކަންކަމުގެ އިތުރުން ވެސްޓް ވިންގްސް ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ ކަލަރ ފެސްޓިވަލާއި ޑައުންޓައުން ކްލަބުން ބާއްވާ އަންހެން ފުޓްސަލް މުބާރާތާއި އަދި ވެލާ ސިޓީ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ބާއްވާ ބޮޑު އީދު ފުޓްބޯޅަ މުބާރާތް ވެސް ކުރިއަށްދާނެ އެވެ.

އީދު ފެސްޓިވަލް އިންތިޒާމު ކޮމެޓީން ބުނީ، ކުޅިވަރުތައް އިންތިޒާމު ކުރުމުގައި ރަށުގެ ކްލަބް ޖަމިއްޔާ/ގްރޫޕް އަދި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން/ އަންނަ ކަމަށެވެ.
ޚަބަރު: އީޓީ


ކިޔުންތެރިންގެ ޚިޔާލު...


ނަން :