ބ. ހިތާދޫ ކުނި ގޮނޑުގައި ކުނި އަންދަނީ ފޮޓޯ- ހިތާދޫ އޮންލައިން

ހިތާދޫ އާއި ދޮންފަނުގައި ކުނި ކޮށި އެޅުމަށް ބަަޔަކާ ހަވާލު ކޮށްފި

ޢާމިރު ޢަބްދުއްލަޠީފު | 22 ޖުލައި 2019





ބ. ހިތާދޫ އާއި ދޮންފަނުގައި ކުނި މެނޭޖްކުރާ މަރުކަޒުތަކެއް ގާއިމްކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

އެންވަޔަރމެންޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

ބ. ހިތާދޫގައި މަރުކަޒު އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ އެލް-އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިއެއްބަސްވުމުގައިވާ ގޮތުން 1.7 މިލިއަން ރުފިޔާއަށް އެ މައްސައްކަތް ތިން މަސްތެރޭގައި ނިންމަން ޖެހެއެވެ.

. ދޮންފަނުގައި އިމާރާތްކުރާ ކުނި މެނޭޖުކުރަ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެހިކޮން ޕްރައިވެޓް ލިމިޑެޓާއެވެ. ދެ މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ އެ މަސައްކަތް 120 ދުވަސްތެރޭގައި ނިންމަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ވެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެންވަޔަރަންމަންޓް މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ އަދިވެސް ބައެއް ރަށްރަށުގައި ކުނި މެނޭޖުކުރެވޭނެ ވަސީލަތްތައް ޤާއިމުވެފައި ނެތްކަމަށާއި އެކަން ހައްލުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :