ފުޅަދޫ އިންޖީނުގެ އަޅައިދޭނެ ބަޔަކު ހޯދަނީ

ހިތާދޫ އޮންލައިން | 18 ޖުލައި 2019

ބ. ފުޅަދޫގައި އާ އިންޖީނުގެއެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ފެނަކަ ކޯޕަރޭޝަނުން އިއުލާންކޮށްފި އެވެ.

ފެނަކަ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކުންފުނިން ދޭ މައުލޫމާތާއި ކުރެހުމާއި ބީއޯކިޔުއާ އެއްގޮތަށް ފުޅަދޫގައި އާ އިންޖީނުގެއެއް އަމިއްލަ ތަކެތީގައި އިމާރާތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ 12:00 ކުރިން މައުލޫމާތު ސާފު ކުރުމަށްފަހު މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން އެދޭ ކަމަށް އެ އިއުލާންގައި ވެއެވެ.

ފުޅަދޫގައި އާ އިންޖީނުގެ އެއް އަޅަން ފެނަކަ އިން މިދިޔަ އަހަރުވެސް ބަޔަކާ ހަވާލުކުރި އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :