ބ. ފުޓްބޯލް ޗެލެންޖް: ގޮއިދޫ އާއި އޭދަފުށި ފައިނަލަށް ހިނގައްޖެ

ހިތާދޫ އޮންލައިން | 18 ޖުލައި 2019

ބ. ފުޓްބޯލް ޗެލެންޖުގެ ސެމީ ފައިނަލަށް ގޮއިދޫ އާއި އޭދަފުށި ގޮސްފިއެވެ.

ދެވަނަ ޓީމެއްގެ ގޮތުގައި ގޮއިދޫ ފައިނަލަށް ދިޔައީ މިއަދު ކުޅުނު ސެމީފައިނަލު މެޗުގައި ވަނަ މެޗުގައި 5-2 އިން ކެންދޫ އަތުން މޮޅުވެގެންނެވެ. ފައިނަލުގައި ގޮއިދޫ ނުކުންނާނީ އޭދަފުއްޓާ ދެކޮޅަށެވެ.

މިއަދުގެ މެޗުގައި ގޮއިދޫ ޓީމުގެ އާދަމް ނިޒާމް (ކިތުނާ) ވަނީ ހެޓްރިކް ހަދައިފަ އެވެ. މިއީ މުބާރާތުގައި ކިތުނާ ހެދި ތިން ވަނަ ހެޓްރިކެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކިތުނާ ވަނީ މާޅޮސް ކޮޅަށް ދެ ހެޓްރިކް ހަދައިފަ އެވެ. މުބާރާތުގައި މިހާތަނަށް 10 ގޯލު ޖަހައި ލަނޑު ލިސްޓުގެ ކުރީގައި ވެސް އުޅެނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކިތުނާ އެވެ.

ގޮއިދޫއާ ދެކޮޅަށް ނުކުންނަ އޭދަފުށި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީގެ ފުރަތަމަ މެޗުގައި 5-1 އިން ކިހާދޫ ބަލިކޮށްގެންނެވެ. އޭދަފުއްޓާ ގޮއިދޫ ވަނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބައްދަލުކޮށްފަ އެވެ. އެ މެޗު 2-1 އިން ކާމިޔާބުކުރީ އޭދަފުއްޓެވެ.

ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :