ހުކުރު ދުވަހު އޭދަފުށީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަނީ

ހިތާދޫ އޮންލައިން | 18 ޖުލައި 2019





ބ. އޭދަފުށީ ކައުންސިލުން އަންނަ ހުކުރުދުވަހު ރައްޔިތުންނާ ބައްދަލުކުރަން ނިންމައިފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ރައްޔިތުންނާ ބައްދަލު ކުރުން އޮންނާނީ އަންނަ ހުކުރު ދުވަހު 2:15 ގައި މަލްޓިޕާޕަސް ހޯލުގައިކަމަށެވެ.

މި ބައްދަލުވުމަކީ ކުރިއަށް އޮތް އަހަރަށް ކައުންސިލް ބަޖެޓްގައި ހިމަނަން ޖެހޭ ކަންކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމާއި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯޓް ހުށަހެޅުމަށް ބާއްވާ ބައްދަލުވެމެކެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްގެ ފަރާތުން ބޭއްވުމަށް ލާޒިމްވާ މި ބައްދަލުވުމުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން އެދެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :