ބ. ފުޓުބޯޅަ ޗެލެންޖު: ފެހެންދޫއާއި ތުޅާދޫ އެއްވަރު ވެއްޖެ

ހިތާދޫ އޮންލައިން | 15 ޖުލައި 2019





ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ ބ. ފުޓްބޯޅަ ޗެލެންޖްގައި އިއްޔެ ފެހެންދޫ އާއި ތުޅާދޫ ބައްދަލުކުރި މެޗު 1-1 އެއްވަރުވެއްޖެވެ.

ބ.އޭދަފުށި ޓާފް ދަނޑުގައި ކުޅުނު މިމެޗްގަ ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ތުޅާދޫ ޓީމުން ނެވެ. ފުރަތަމަ ހާފް ނިމެން 5 މިނެޓަށްވެފައިވަނިކޮށް ތުޅާދޫއަށް މިލަނޑު ކާމިޔާބުކޮށްދިނީ، އަނޫފް އަބްދުއްރަޙްމާން އެވެ.ފެހެންދޫއިން ނަތީޖާ ހަމަކުރީ ދެވަނަ ހާފް ފެށިގެން 4 ވަނަ މިނެޓްގައި އެޓީމްގެ އަޙްމަދު ސޮފްވާންއެވެ.

މި މެޗްގެ މޮޅުކުޅުންތެެރިއަކަށް ހޮވުނީ ތުޅާދޫ ޓީމްގެ އިފްޙާމް ރަޝީދު އެވެ.

މި މުބާރާތުގައި މިއަދު ކުޅޭނީ ގްރޫޕް ސްޓޭޖްގެ ފަހު މެޗް އެވެ. މި މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގައި ހިމެނޭ ދޮންފަނާ ދަރަވަންދޫ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ޓީމްތަކަކީ ކެންދޫ، ކްލަބް އޭދަފުށި އަދި ކިހާދޫގެ އިތުރުން އިއްޔެގެ މެޗުން މޮޅުވި ގޮއިދޫ އެވެ. ސެމީ ފައިނަލުގެ މެޗްތައް ކުޅޭނީ 17 އަދި 18 ގައެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ އޭދަފުއްޓާއި ކިހާދޫ އެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ކެންދޫއާ ގޮއިދޫ އެވެ.

މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :