ބ. ފުޓްބޯލް ޗެލެންޖް: ސެމީގެ ފަހު ޖާގަ ގޮއިދޫ އަށް

ހިތާދޫ އޮންލައިން | 14 ޖުލައި 2019





މިރހާރު ބ. އޭދަފުށީގައި ކުރިއަށްދާ ބ. ފުޓުބޯޅަ ޗެލެންޖުގައި 12-0 އިން މާޅޮސް ބަލިކޮށް ސެމީ ފައިނަލުގެ ފަހު ޖާގަ ގޮއިދޫ ހޯދައިފި އެވެ.

މިއީ މި މުބާރާތުގައި ޓީމަކުން ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. މީގެ ކުރިން އެންމެ ތަފާތު ބޮޑު ނަތީޖާއެއް ނެރުނީ ކްލަބް އޭދަފުށިންނެވެ. މާޅޮހާ ވާދަކޮށް އޭދަފުށި މެޗު ކާމިޔާބުކުރީ 11-0 އިންނެވެ.

މި މޮޅާއެކު ގޮއިދޫ އަށް ސެމީގެ ޖާގައެއް ލިބުނީ ގްރޫޕް ބީގެ ދެ ވަނަ ޓީމުގެ ގޮތުގައެވެ. ގޮއިދޫ މޮޅުވުމުން ފެހެންދޫ އާއި ތުޅާދޫ އަށް ވަނީ ސެމީގެ ފުރުސަތު ބަންދުވެފަ އެވެ. ގޮއިދޫގެ އިތުރުން ސެމީގެ ޖާގަތައް ކަށަވަރުކުރީ އޭދަފުއްޓާއި، ކެންދޫ އަދި ކިހާދޫ އެވެ.

އިއްޔެގެ މެޗުގައި ގޮއިދޫން ޖެހި 12 ގޯލުގެ ތެރެއިން ހަ ގޯލު ޖަހައި އާދަމް ނިޒާމް (ކިތުނާ) ވަނީ ދެ ހެޓްރިކް ހަދައިފަ އެވެ. ކިތުނާ ދެ ހެޓްރިކް ހެދިއިރު ކުޑަރިކިލާ ދެކޮޅަށް ހެޓްރިކް ހެދި އިބްރާހީމް މާޖިދު (މާޖީ) ވެސް ވަނީ މިއަދުގެ މެޗުގައި ހެޓްރިކް ހަދައިފަ އެވެ. މި ދެކުޅުންތެރިންގެ އިތުރުން ގޮއިދޫ ޓީމަށް ގޯލުތައް ކާމިޔާބުކޮށްދިނީ ނާސިހު ޔޫސުފް އާއި އާދަމް ހަލީލް އަދި ފަހްރާހު ސަލީމް އެވެ. މެޗުގެ ފުރަތަމަ ހާފުގައި ގޮއިދޫން ހަތަރު ގޯލު ޖެހިއިރު ބާކީ އަށް ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗަށް ނުކުތް އިރުވެސް މާޅޮސް މުބާރާތުން ކަޓާފައި އޮތުމުން އެޓީމުގެ ފަރާތުން މުޅި މެޗުގައިވެސް ފެނުނީ އާދައިގެ ކުޅުމެކެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކިތުނާ އެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ގްރޫޕް ބީގެ އެއް ވަނަ ހޯދި އޭދަފުއްޓާއި ގްރޫޕް ސީގެ އެއް ވަނަ ހޯދި ކިހާދޫ އެވެ. ދެ ވަނަ ސެމީގައި ގޮއިދޫ ނުކުންނާނީ ގްރޫޕް އޭގެ އެއް ވަނަ ހޯދި ކެންދޫއާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ފޯ ސީޒަން ލަނޑާ ގިރާވަރުން ސްޕޮންސަރ ކޮށްގެން އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާއިން އިންތިޒާމުކުރާ މުބާރާތުގައި 11 ޓީމަކުން ބައިވެރިވި


ކިޔުންތެރިންގެ ޚިޔާލު...


ނަން :