އެޑިއުކޭޝަން ޓީމު

އެޑިއުކޭޝަންގެ ޓީމެއް ބ. ތުޅާދޫ ސްކޫލަށް ޒިޔާރަތް ކޮށްފި

ހިތާދޫ އޮންލައިން | 14 ޖުލައި 2019





ބ. ތުޅާދޫ ސުކޫލުގެ ދަރިވަރުންނަށް ކުރިމަތިވާ ރޫހާނީ ކަންތައްތަކެއްގެ މައްސަލަތައް ބެލުމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ޓީމެއް އެ ސްކޫލް ބެލެނިވެރިންނާ ބައްދަލު ކޮށްފިއެވެ.

ތުޅާދޫ ސުކޫލުގެ ގުރޭޑު 8 އިން މަތީގެ ކުލާސްތަކުގެ ދަރިވަރުންނަށް ސުކޫލު ތެރެއިން ޖިންނި ބަލިވުން ދިމާވާ ކަމަށް ބުނެ ބުރާސްފަތި ދުވަހު ބެލެނިވެރިން ވަނީ ސުކޫލު ދޮށަށް އެއްވެ މުޒާހަރާކޮށް، ސުކޫލު ބަންދުކޮށްފަ އެވެ.

ބެލެނިވެރިން އެދެމުން ދަނީ އެޑިޔުކޭޝަން މިނިސްޓްރީން މި މައްސަލަ ބަލާ އަވަސް ހައްލެއް ހޯދައިދިނުމަށެވެ.

އެޑިއުކޭޝަނުން ބުނީ ތުޅާދޫ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަ ވަރަށް އަވަހަށް ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :