ކިހާދޫ އާއި ހިތާދޫ ބައްދަލުކުރި މެޗުގެ ތެރެއިން– ވެސްޓް ވިންގ

ބ. ފުޓްބޯލް ޗެލެންޖް: ކިހާދޫ ސެމީ ފައިނަލުން ޖާގަ ކަށަވަރު ކޮށްފި

ޢާމިރު ޢަބްދުއްލަޠީފު | 13 ޖުލައި 2019

މިހާރު ބ. އޭދަފުށީގައި ކުރިއަށްދާ ބ..ފުޓްބޯޅަ ޗެލެންޖްގައި ހިތާދޫ އާއި ކިހާދޫ ބަލިކޮށް ކިހާދޫ ސެމީ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ކިހާދޫ ކަށަވަރުކުރީ އިއްޔެ ހިތާދޫއާ ވާދަކޮށް 2-1 މޮޅުވެގެންނެވެ. ދެޓީމުގެ ފަރާތުން މޮޅު ކުޅުމެއްފެނިގެން ދިިޔަ މި މެޗްގައި ފުރަތަމަ ލަނޑުޖަގާ ކުރި ހޯދީ ހިތާދޫ ޓީމުންނެވެ. ކިހާދޫ ޓީމްގެ އޭރިއާ ތެރެއިން އެޓީމް ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޖަހައިދިނީ، 23 ވަނަ މިނެޓްގައި އެޓީމްގެ ކެޕްޓަން އަޙްމަދު ހުސެއިން އެވެ.

މި ލަނޑައްފަހު ކިހާދޫއިން ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފްގައި ނުރައްކާތެރި ހަމަލާތަކެއް ހިތާދޫ ޓީމުގެ ގޯލަށް އަމާޒުކޮށްފައެވެ. ކިހާދޫ ޓީމުން ނަތީޖާ ހަމަހަމަކުރީ، މެޗްގެ 66 ވަނަ މިނެޓްގައި އެޓީމްގެ އަބްދުލް ސަމީއު ކާމިޔާބުކޮށްދިން ލަނޑުން ނެވެ.

މޮޅަށްކުޅެ ކިހާދޫ މެޗުން މޮޅުވި ލަނޑު ޖަހައިދިނީ މިއަދު މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހުސެއިން އީމާންއެވެ.

މިއަދު ކުޅޭ މެޗްގައި ބައްދަލު ކުރާނީ މާޅޮހާ ގޮއިދޫ އެވެ. ސެމީގެ ޖާގަ ކަށަވަރު ކުރުމަށް މާދަމާ މެޗުން ގޮއިދޫ މޮޅުވުން މަޖުބޫރުވާނެއެވެ.

މިމުބާރާތުގެ ސެމީ ޖާގަ މިހާތަނަށް ތިން ޓީމް ވަނީ ކަށަވަރު ކޮށްފައެވެ. އެއީ ކެންދޫއާއި އޭދަފުށްޓާއި، ކިހާދޫ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :