ހިތާދޫ ފެހެންދޫ މެޗުގެ ތެރެއިން ފޮޓޯ - ވެސްޓްވިންގ

ބާ ފުޓްބޯލް ޗެލެންޖު: ފަހު ވަގުތު ގޯލެެއްޖަހައި ހިތާދޫ ޓީމު އެއްވަރު ކޮށްފި

ޢާމިރު ޢަބްދުއްލަޠީފު | 06 ޖުލައި 2019





ފުޓްބޯޅަ ޗެލެންޖްގައި މިއަދު ހިތާދޫ އާ ފެންދޫ ބައްދަލުކުރި މެޗް 1-1 އިން އެއްވަރު ވެއްޖެއެވެ.

އޭދަފުށީ ޓާފު ދަނޑުގައި ކުޅުނު ފޯރިގަދަ މި މެޗްގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ފެހެންދޫއިންނެވެ. ދެވަނަ ހާފްގައި ފެހެންދޫއަށް ކޯނަރެއް ގޯލުގެ ތެރެއަށް ފޮނުވާލީ މެޗްގެ 50 ވަނަމިނެޓްގައި އަލި ވިސާމްއެވެ.

މެޗް ނިމެނިކޮށް މެޗުގެ 93 ވަނަ މިނެޓްގައި ހިތާދޫ ޓީމަށް ގޯލެއް ކާމިޔާބު ކޮށްދިނީ މުހައްމަދު ސައީދުއެވެ.

މި ގްރޫޕްގައި ކުޅެވުނު ފުރަތަމަ މެޗްގައި ހިތާދޫއިން ވަނީ ތުޅާދޫ ވެސް މޮޅުވިޔަ ނުދީ ފަހުވަގުތުގައި ލަނޑެއްޖަހާ ހިފަހައްޓާފަ އެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ދެޓީމް ކަމަށްވާ، ކެންދޫއާއި ދަރަވަންދޫ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :