އޭދަފުށި މާޅޮސް މެޗުގެ ތެރެއިން ފޮޓޯ - ވެސްޓްވިންގ

ބާ ފުޓްބޯލް ޗެލެންޖު: މިއަދުގެ މެޗުން ބޮޑު ތަފާތަކުން އޭދަފުށި މޮޅުވެއްޖެ

ޢާމިރު ޢަބްދުއްލަޠީފު | 05 ޖުލައި 2019

ބާ އެޓޯލް ފުޓްބޯލް ޗެލެންޖުގައި މިއަދު ހަވީރު އޭދަފުއްޓާއި މަަޅޮސް ބައްދަލު ކުރި މެޗު 11-0 އިން ބޮޑު ތަފާތަކުން އޭދަފުށި މެޗު ކާމިޔާބު ކޮށްފިއެވެ.

އޭދަފުށީ ޓާފު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އޭދަފުށީގެ މުހައްމަދު ފާސިރު (ފާއްޓެ) އާއި އަލީ ނަސީމު ވަނީ ހެޓްރިކް ހަދައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ފާއްޓެ އެވެ.

އަނެއް ލަނޑުތައް ކާމިޔާބުކުރީ ރަޒާން ރަޝީދު އާއި އިބްރާހިމް ޝަރީފް ކޮންމެ ކުޅުންތެރިއަކު ދެ ލަނޑާއި އުނެއިސް ޒުބައިރު އެއް ލަނޑެވެ.

މި މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ސީގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ހިތާދޫ އަދި ފެހެންދޫ އެވެ. މި ގްރޫޕުގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :