ކިހާދޫ / ފެހެންދޫ މެޗުގެ ތެރެއިން– ފޮޓޯ: ވެސްޓްވިންގ

ބާ ފުޓްބޯލް ޗެލެންޖު: ފެހެންދޫ އާއި ކިހާދޫ 1،1 އެއްވަރު ވެއްޖެ

ޢާމިރު ޢަބްދުއްލަޠީފު | 04 ޖުލައި 2019





ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ ބާ ފުޓްބޯލް ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު ކިހާދޫ
ފެހެންދޫ މެޗުގ 1-1 އިން އެއްވަރު ވެއްޖެއެވެ.

އޭދަފުށީ ޓާފު ދަނޑުގައި ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ފެހެންދޫ ޓީމުންނެވެ. މި ލަނޑު ޖަހައިދިނީ އާދަމް ނަސީމެވެ.

ފެހެންދޫން ލީޑު ނެގިތާ ވިއްސަކަށް މިނިޓް ފަހުން ކިހާދޫޓީމުގެ މުޙައްމަދު އަޔާޒު ފެހެންދޫ ކޮޅަށް ގޯލެއްޖަހައި މެޗު އެއްވަރު ކޮށްދިނެވެ. ޢަދި އޭނާވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

މި މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ބީ ގެ މެޗެކެވެ. މާދަމާ ހަވީރު 16:00 ގައި ފަށާ މި މެޗުގައި މާޅޮސް ނުކުންނާނީ އޭދަފުއްޓާ ދެކޮޅަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :