ބ. ފުޓްބޯލް ޗެލެންޖް: ކުޑަރިކިލު އަތުން މާޅުސް ބަލިވެއްޖެ

ޢާމިރު ޢަބްދުއްލަޠީފު | 04 ޖުލައި 2019





އޭދަފުށީގައި މިހާރު ކުރިއަށްދާ ބ. ފުޓްބޯލް ޗެލެންޖުގައި އިއްޔެ ހަވީރު މާޅޮހާއި ކުޑަރިކިލު ބައްދަލު ކުރި މެޗު 2-0 އިން ކުޑަރިކިލު ކާމިޔާބު ކޮށްފިއެވެ.

އިއްޔެގެ މި މެޗުން ލިބުނު ާމިޔާބީއާއި އެކު ކުޑަރިކިލު ވަނީ ގްރޫޕް ބީގެ އެއް ވަނައަށް ގޮސްފަ އެވެ. ދެ ވަނައިގައި އޮތީ ފުރަތަމަ މެޗުގައި 2-1 މޮޅުވި އޭދަފުއްޓެވެ. ތިން ވަނައިގައި ގޮއިދޫ އޮތްއިރު ގެއްލުން ގޯލުގެ ތަފާތުން މާޅޮސް އޮތީ ފުލުގަ އެވެ.

ކުޑަރިކިލުގެ ފުރަތަމަ ގޯލު މެޗުގެ ޖެހީ އަހުމަދު ނިހާން އެވެ. އެޓީމުގެ ދެވަނަ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހަސަން ޔާސިރު އެވެ.

މުބާރާތުގައި މިއަދު ކުޅޭނީ ގްރޫޕް ސީގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ފެހެންދޫ އާއި ކިހާދޫ އެވެ. .


ކިޔުންތެރިންގެ ޚިޔާލު...


ނަން :