މުޙައްމަދު ރަޝީދު

އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރަކަށް މުހައްްމަދު ރަޝީދު ހަމަޖައްސައިފިި

ޢާމިރު ޢަބްދުއްލަޠީފު | 03 ޖުލައި 2019





ބ. އަތޮޅު ހޮސްޕިޓަލިގެ މެނޭޖަރުކަމުގެ މަގާމަށް އޭދަފުށީ ސައްކެޔޮގޭ، މުހައްމަދު ރަޝީދު ހަމަޖައްސައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލު ހިންގުމުގެ އެންމެ އިސްވެރިއަކަށް ރައީސް އޮފީހުން ހަމަޖެއްސެވި މުހައްމަދު ރަޝީދަކީ، 2012 ވަނަ އަހަރުން ފެށިގެން އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖަރުކަން ކުރައްވަމުން އަންނަ ބޭފުޅެކެވެ.

މީގެ ކުރިން އެ ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެހުންނެވީ ޑިރެކްޓަރު އަހްމަދު ވަހީދު އެވެ. ނަމަވެސް މީގެ މަހެއްހާދުވަސް ކުރިން ވަހީދުއަށް ވަނީ ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގުން ހަވާލުކުރައްވާފަ އެވެ.

އިކޮނަމިކްސްއާއި ސޯސިއޮލޮޖީގެ ދާއިރާއިން ޑިގްރީ ހާސިލުކުރައްވާފައިވާ މުހައްމަދު ރަޝީދު ވަނީ މީގެ ކުރިން ކަމަދޫ ސްކޫލުގެ
ޕްރިންސިޕަލްކަން ވެސް ކުރައްވާފަ އެވެ.
(ޚަބަރު- އީޓީ)


ކިޔުންތެރިންގެ ޚިޔާލު...


ނަން :