ހިތާދޫ ތުޅާދޫ މެޗުގެ ތެރެއިން ފޮޓޯ- ވެސްޓްވިންގ

ހިތާދޫ ތުޅާަދޫ މެޗު 1،1 އެއްވަރު ވެއްޖެ

ޢާމިރު ޢަބްދުއްލަޠީފު | 03 ޖުލައި 2019

މިހާރު ބ. އޭދަފުށީގައި ކުރިއްދާ ބ. ފުޓްބޯޅަ ޗެލެންޖްގައި އިއްޔެ ހަވީރު ގްރޫޕް ސީގެ ތުޅާދޫ އާއި ހިތާދޫ ބައްދަލުކުރި މެޗް ނިމުނީ 1 1 ނަތީޖާއަކުން އެއްވަރު ވެއްޖެނވެ.

ވާދަވެރި މޮޅު ކުޅުމެއް ދެޓީމުގެ ފަރާތުން ފެނުނު މިމެޗްގެ ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ފުރަތަމަ ހާފު ނިމި އިތުުރު ވަގުތުކޮޅު ނުމެނިކޮށް ތުޅާދޫއިން ނެވެ. ތުޅާދޫ ޓީމަށް މިގޯލު ކާމިޔާބު ކޮށްދިނީ އެޓީމްއިން ނެގި ކޯނަރަކުން ބޮލުން ގޯލްތެރެއަށް ވައްދާލައިގެން އިފްހާމް ރަޝީދު އެވެ.

ދެވަނަ ހާފްގެ އިތުރު ވަގުތުގައި ހިތާދޫއިން ވަނީ މެޗްގެ ނަތީޖާ ހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަޙްމަދު ހުސެއިން އެވެ.

މި ގްރޫޕްގައި ދެންހިމެނެނީ މި ދެޓީމްގެ އިތުރުން ކިހާދޫ އާ ފެހެންދޫ އެވެ.

މި މުބާރާތުގެ މެޗެއް މިއަދުވެސް ކުޅެވޭނެ އެވެ. ބައްދަލު ކުރާނީ ގްރޫޕްއޭގެ މާޅޮހާ، ކުޑަރިކިލު އެވެ. މި މެޗް ފަށާނީ 16:15 ގައި އޭދަފުށީ ޓާފް ދަނޑުގައެވެ.

މިމުބާރާތަކީ ބ.އަތޮޅުގެ ރިސޯޓް ފޯސީޒަން ލަނޑާ ގިރާވަރުން އިންތިޒާމުކޮށްގެން ބ.އޭދަފުށި ވެސްޓް ވިންގް ޖަމްއިއްޔާއާ ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :