ޓޫރިޔަމް މިނިސްޓަރު އަލީ ވަހީދު މިއަދު މެޗު ޝަރަފުވެރި ކޮށްދެއްވަނީ ފޮޓޯ- އީޓީ

ބާ ފުޓުބޯޅަ ޗެލެންޖު ފަށައިފި

ހިތާދޫ އޮންލައިން | 02 ޖުލައި 2019





ފޯސީޒަން ލަނޑާގިރާވަރު ރިސޯޓުން އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާ އާ ގުޅިގެން ބ. އަތޮޅަށް ހުޅުވާލައިގެން ފުޓުބޯޅަ މުބާރާތެއް ފަށައިފިއެވެ.

އިއްޔެ ހަވީރު އޭދަފުށީ ޓާފް ދަނޑުގައި ފެށި މި މުބާރާތް ޝަރަފްވެރި ކޮށްދެއްވައި މުބާރާތް ފައްޓަވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ގޮއިދޫ އާއި އޭދަފުއްޓެވެ. 1-2 އިން މި މެޗު ކާމިޔާބު ކުރީ އޭދަފުށި ޓީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައި ވަނީ އޭދަފުށީ ޓީމުގެ ޝާހީ މޫސާއެވެ.

މިއީ ބ. އަތޮޅަށް ހުޅުވާލައިގެން ރިސޯޓަކުން ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގައި ބ. އަތޮޅުގެ އެގާރަ ރަށަކުން ވާދަކުރެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :