މުބާރާތުގެ ޗެމްޕިއަން ފެނަކަ ޓީމް

ގޮއިދޫ މުއައްސަސާތަކުގެ މެދުގައި ފުޓްސަލް މުބާރާތެއް ބާއްވައިފި

ހިތާދޫ އޮންލައިން | 27 ޖޫން 2019





ބ. ގޮއިދޫ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން ބަދަހިކުރުމުގެ ގޮތުން ފުޓުސެލް މުބާރާތެއް ބާއްވައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަން ކަން ހޯދާފައި ވަނީ ގޮއިދޫ ފެނަކައިންއެވެ. ފެނަކައިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ގޮއިދޫ ކައުންސިލާއި ބައްދަލުކޮށް 10-2 ން މޮޅުވެގެންނެވެ.

ކޮންމެ އަހަރަކުވެސް ގޮއިދޫގައި ކުރިއަށް ގެންދާ މި މުބާރާތުގައި މި ފަހަރުވެސް 3 ޓީމު ބައިވެރިވިއެވެ. އެއީ ފެނަކަ އާއި ރަށު ކައުންސިލުގެ އިތުރުން ސްކޫލާއި ސިއްހީ މަރުކަޒު އެކުވެގެން ހަދާފައިވާ ޓީމަކުންނެވެ.

ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެނަކަ ޓީމްގެ ޝައްމޫން ޖަމީލެވެ. އޭނާ މި މުބާރާތުގައި މުބާރާތުގައި 11 ގޯލް ވަނީ ޖަހައިފަ އެވެ.

މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ފެނަކަޓީމުގެ ޝައްމޫން ޖަމީލް އާއި ހަސަން ނިޒާމް، ކައުންސިލް ޓީމްގެ އިބްރާހިމް ނިޔާޒް އާއި އިބްރާހިމް ޝާނީޒް އަދި ސިއްޙީ މަރުކަޒުން އަޙްމަދު ވިޝާމް އެވެ.

ކޮންމެ އަހަރަކު މުއައްސަސާއަކުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް މިފަހަރު އިންތިޒާމް ކޮށްފައިވަނީ ސިއްޙީ މަރުކަޒުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :