ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް ހިލޭ ކައުންސިލިންގ ދެނީ

ޢާމިރު ޢަބްދުއްލަޠީފު | 26 ޖޫން 2019





ޖިންސީ ކުށްތަކުގެ ޝިކާރަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންނަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ހަރަދުގައި ކައުންސެލިން ދޭން ފަށައިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން ބުނީ ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީ ބޭނުންވާ ފަރާތްތަކަށް އިންސިޓިޓިއުޓް އޮފް މެންޓަލް ވެލްބިއިން މެދުވެރިކޮށް ކައުންސެލިން ދިނުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށާއި ޖިންސީ ކުށުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ކަނޑައެޅުއްވި މި އުޞޫލު މިހާރު ރުކާރުގެ ގެޒެޓްކޮށްފައިވާ ކަމަށެވެ.

. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އިން ބުނީ އެ ޤާނޫނުގައި ބުނާފަދަ ކުށެއްގެ ޝިކާރައަކަށްވާ މީހާ ނަފްސާނީގޮތުން ދިމާވެދާނެ އުނދަގުލެއް ލުއިކޮށްދިނުމަށާއި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ދިރިއުޅުމުގައި ބޭނުންވާ ކައުންސިލިން، އެ އޮތޯރިޓީގެ ޚަރަދުގައި އެ އޮތޯރިޓީން އިންތިޒާމް ކުރައްވާ އުޞޫލެއްގެ މަތިން އެ އޮތޯރިޓީން ކަނޑައަޅުއްވާ ތަނެއް ނުވަތަ ބަޔަކު މެދުވެރި ކުރައްވައިގެން ހަމަޖައްސައި ދެއްވަންވާނެ ކަމަށެވެ.

ގެޒެޓުގައިވާ އުސޫލުތަކަށް ބަލާއިރު ކުށެއްގެ ޝިކާރައަކަށްވި މީހަކަށް ދިމާވާ ނަފްސާނީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ޒިންމާދާރު ފަރުދެއްގެ ގޮތުގައި މުޖްތަމައުގައި ދިރި އުޅޭނެ ގޮތްތަކާއި ބެހޭ ގޮތުން ކައުންސެލިން ދިނުން ހިމެނެ އެވެ.

މި އުސޫލުގެދަށުން ނަފުސާނީ އެހީތެރިކަން ބޭނުންވާ މީހުން މި ހިދުމަތަށް އެދި ފުލުހުންގެ އިދާރާއަށް ނުވަތަ ޖެންޑަ މިނިސްޓްރީ އަދި ހޮސްޕިޓަލްތައް މެދުވެރިކޮށް ހުށަހެޅިދާނެ އެވެ. މީގެ އިތުރުން ސިދާ ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ވެސް މި ޚިދުމަތަށްއެދި ހުށަހެޅިދާނެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :