ކިހާދޫ ސްކޫލުގެ ދަރިވަރުން އައްޑޫ ހައި ސްކޫލުގައި އެ ސްކޫލުގެ ދަރިވަރުންނާއި އެކު މަޑުކޮށްލައިގެން.– ފޮޓޯ: ކިހާދޫ ސްކޫލް

ބ. ކިހާދޫ ސްކޫލު ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އައްޑޫއަށް

ހިތާދޫ އޮންލައިން | 25 ޖޫން 2019





ބ. ކިހާދޫ ސްކޫލްގެ ދަރިވަރުންތަކެއް ތަޖުރިބާ ދަތުރެއްގައި އައްޑޫ ސީޓީއަށް ހިނގައްޖެއެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ދަތުރުގައި އެ ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވާ 12 ދަރިވަރުންނާއި ދެ ބެލެނިވެރިންގެ އިތުރުން އޮފިޝަލަކު ވަނީ ބައިވެރިވެފައެވެ.

ކިހާދޫ ސްކޫލުން ބުނީ މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ކުރާ ދަތުރުގެ ބޭނުމަކީ އެ ސްކޫލުގެ ދަރިވަރުންނަށް ތާޜީހީ ގޮތުންނާއި ޖިއޮގްރަފީ ގޮތުން ތަފާތު މާހައުލެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހޯދައިދިނުމެވެ.

ކިހާދޫ ސްކޫލުގެ ދަރިވަރުން އައްޑޫއަށް ކުރާ މި ދަތުރުގައި، އައްޑު އަތޮޅުގެ ސްކޫލުތަކަށާއި އަތޮޅުގައި ހުރި ތާރީޚީ ތަންތަނަށް ޒިޔާރަތްކޮށް، އެތަންތަނާ ބެހޭ މައުލޫމާތުވެސް އެއްކުރާނެއެވެ. އެގޮތުން ހިތަދޫގައި ހުންނަ ކުރީގެ އީސީސީ އަށާއި ތަކުރުފާނު މިސްކިތަށާއި މަރަދޫ ބޮޑުގެ އަށާއި ގަމުގައި ހުންނަ އިނގެރޭސިންގެ މޮނިއުމަންޓުގެ އިތުރުން އިކުއޭޓާ ވިލެޖަށާއި އައްޑޫ ނޭޗަ ޕާކަށް ޒިޔާރަތް ކުރާނެ އެވެ.

މީގެ އިތުރުން މިދަތުރުގައި ސަރަފުއްދީން ސްކޫލުގައި ދަރިވަރުންނަށް ސައިންސް އަދި އެކައުންޓީން މާއްދާއާގުޅޭ ސެޝަންތަކެއް ވެސް ކުރިއަށްދާނެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :