ބ. ހިތާދޫގައި ބޭއްވި ޓާޓަލް ފެސްޓިވަލުގެ ތެރެއިން. ފޮޓޯ- ހިތާދޫ އޮންލައިން

ހިތާދޫގައި ކާމިޔާބު ކަމާއިއެކު ޓާޓަލް ފެސްޓިވަލް ބާއްވައިފި

ޢާމިރު ޢަބްދުއްލަޠީފު | 22 ޖޫން 2019

ވެލާ ކަހަނބު ހިމާޔަތްކުރުމަށް މަސައްކަތް ކުރާ އޮލިވް ރެޑްލީ ޕްރޮޖެކްޓުން އިންތިޒާމުކޮށްގެން މިއަދު ބ. ހިތާދޫގައި ބޭއްވި ޓާޓަލް ފެސްޓިވަލެއް ބާއްވައިފިއެވެ.

މި ފެސްޓިވަލްގައި ދުނިޔެއިން ނެތިގެން ހިގައިދާނެ ކަމަށް ބެލެވޭ ވެލާ ކަނހަބު ދައްކާލުމާއި އެކު ތިމާވެއްޓަށް ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރި ކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވަނީ ހިންގައިފައެވެ.

މިއީ ވެލާ ކަހަނބު ހިމާޔަތް ކުރުމަށް އާއްމުން ހޭލުންތެރިކުރުމަށް މިއަތޮޅުގައި ބޭއްވި ފުރަތަމަ ޓާޓަލް ފެސްޓިވަލެވެ.

އެކި ސްޓޯލްތައް ހިމަނައިގެން ބޭއްވި “ވާވޮށި ޓާޓަލް ފެސްޓިވަލް” ގައި ބ. އަތޮޅުގެ ގިނަ ސުކޫލް ކުދިންނާއި ރިސޯޓްތަކުން ވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުން ތިމާވެށީގެ ގިނަ ޖަމިއްޔާތަކުން ވެސް މި ފެސްޓިވަލުގައި ބައިވެރިވި އެވެ.

މި ފެސްޓިވަލުގެ ތެރެއިން ބ. އަތޮޅުގެ ކޮކޯ ޕާމް ދުނިކޮޅު ރިސޯޓުގައި ހުންނަ އޮލިވް ރިޑްލީ ރެސްކިއު ސެންޓަރަށް ސްކޫލުތަކުގެ ދަރިވަރުން ގެންގޮސް އެތަނުގައި ވެލާ ކަހަނބު ހިމާޔަތްކުރުމަށް މަސައްކަތްކުރާގޮތް ވަނީ ދައްކާލައިފަ އެވެ.

މި ފެސްޓިވަލުގައި ބ. ހިތާދޫ ސްކޫލުގެ ޕީޓީއޭއިން ވަނީ ތަފާތު އެކި ދިވެހި ތައްޔާރީ ކާނާ ވިއްކާ ސްޓޯލްތަކެއްވެސް ހިމަނާފައެވެ.

އަދި ފެސްޓިވަލާއި ގުޅިގެން ސްކޫލް ކުދިންނަށް ހިންގުނު އެކި އެކި މުބާރާތްތަކުގެ ނަތީޖާ ވެސް ވަނީ ފާޅުކޮށްފަ އެވެ.

ރާއްޖޭގައި ބޮޑެތި ކުނިތަކުގައި ތާށިވެ ސީރިއަސް އަނިޔާތައް ލިބޭ އެތަކެއް ވެލާ ކަހަނބަށް އޮލިވް ރިޑްލީ އިން ފަރުވާ ދެއެވެ.

މިއީ ބ. ހިތާދޫގައި ބޭއްވި މިފަދަ ފުރަތަމަ ބޮޑު ހަރަކާތެވެ. މީގެ ސަބބުން ހިތާދޫއަށް ގިނަގުނު ފައިދާ ކުރާނެކަމަށް ގިނަބަޔަކު ދެކެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :