ބ. އަތޮޅަށް ހުޅުވާލައިގެން ބޮޑު ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

ހިތާދޫ އޮންލައިން | 20 ޖޫން 2019

ފޯސީޒަން ލަނޑާގިރާވަރު ރިސޯޓުން، ބ. އަތޮޅަށް ހުޅުވާލައިގެން ބޮޑު ފުޓްބޯޅަ މުބާރާތެއް ފަށަން ތައްޔާރު ވެއްޖެއެވެ.

“ބ. ފުޓްބޯލް ޗެލެންޖު”ގެ ނަމުގައި ބާއްވާ މި މުބާރާތް އޮންނާނީ އަންނަ ޖުލައި މަހުގެ 1-20 އަށް އޭދަފުށީ ޓާފް ދަނޑުގައެވެ.

މި މުބާރާތުގައި މިއަތޮޅުގެ އެގާރަ ރަށަކުން ބައިވެރިވެ އެވެ. އެއީ އޭދަފުށި، ކުޑަރިކިލު، ކިހާދޫ، ކެންދޫ، މާޅޮސް، ދޮންފަނު، ދަރަވަންދޫ، ހިތާދޫ، ތުޅާދޫ، ގޮއިދޫ އަދި ފެހެންދޫއެވެ.

ފޯސީޒަނުން ބުނީ ރަށްރަށުން ބައިވެރިވާ ޓީމުތަކުގެ ދަތުރުފަތުރު އެ ރިސޯޓުން ހަމަޖައްސައިދޭނެ ކަމަށެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. އަދި ދެ ވަނަ ޓީމަށް 5،000ރ. ވަނީ ހުށަހަޅައިފަ އެވެ.

މިއީ މި އަތޮޅަށް ހުޅުވާލައިގެން އެ ރިސޯޓުން މި މުބާރާތް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ. އެ ރިސޯޓުން ބުނީ މުބާރާތް ބޭއްވުމުގެ މަގްސަދަކީ ޒުވާނުންގެ މެދުގައި ފުޓްބޯޅައިގެ ރޫހު އާލާކޮށް ހުނަރުވެރި ޒުވާން ކުޅުންތެރިން އުފައްދައި ކުޅިވަރުގެ ގުޅުން ރަށްތަކުގައި ބަދަހި ކުރުން ކަމަށެވެ. މިއާއެކު މުޅި ރާއްޖޭގެ ފުޓްބޯޅަ އަށް ހިދުމަތް ކޮށްދިނުމަކީ ވެސް މި މުބާރާތް އެ ރިސޯޓުން އަތޮޅަށް ހުޅުވާލައިގެން ބާއްވަން ނިންނި އެއްމެ ބޮޑު އެއް ބޭނުމެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :