ކަމަދޫ ކައުންސިލުން ހެލްތުމިނިސްޓަރ އާއި ބައްދަލު ކުރެއްވުމުގެ ތެރެއިން..

ކަމަދޫ ކައުންސިލުން ހައުސިންގ އަދި ހެލްތު މިނިސްޓަރާއި ބައްދަލު ކޮށްފި!

ޢާމިރު ޢަބްދުއްލަތީފު | 17 ޖޫން 2019

ބ. ކަމަދޫ ކައުންސިލުން ހެލްތު މިނިސްޓަރާއި ހައުސިންގ މިނިސްޓަރާއި ބައްދަލު ކޮށްފިއެވެ.

އިއްޔެ މެންދުރު ފަހު ވަކިވަކިން ބޭއްވި މި ދެ ބައްދަލުވުމުގައި ކަމަދޫ ކައުންސިލުން ބައިވެރި ވަޑައިގެންނެވީ އެ ކައުންސިލުގެ ރައީސް އަޙްމަދު ސާޖިދާއި ނާއިބު ރައީސް އަޙްމަދު ސަމީރެވެ.

ބ. ކަމަދޫ ކައުންސިލުގެ ރައީސް ވިދާޅުވީ ހައުސިންގ މިނިސްޓަރާއި އެކު ބޭއްވި ބައްދަލުވުމުގައި ކަމަދޫން ގޯތި ދޫނުކުރާތާ 8 އަހަރު ވެފައިވާތީ ރައްޔިތުންނަށް ދިމާވެފައިނާ ގޯތިގެދޮރުގެ ދަތިކަން ހައްލު ކުރުމާއި ބެހޭގޮތުންނާއި ގެދޮރު އެޅުމަށް ހައުސިންގ ލޯނު ލިބުމުގައި ފަސޭހަ ލުއި ގޮތްތަކެއް ހެދުމާއި ބެހޭ ގޮތުންކަމަށެވެ.

މި ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރ ވިދާޅުވީ ކަމަދޫ ކައުންސިލާއި ރައްޔިތުންގެ ކަނަބޮޑުވުންތަކަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވާނެކަމަށެވެ. އެގޮތުން ކައިރި މުސްތަގުބަލެއްގައި ހައުސިންގ ލޯނު ހަމަޖެހިގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރާއި އެކު ބޭއްވި ބައްދަލުވުމުގައި ކަމަދޫގެ ސީއްޙީ ހާލަތު އޮޅުންފިލުވައި ދެއްވައި ކަމަދޫ ސިއްޙީރުކަޒަށް ބޭނުންވާ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި އާސަންދަ ޙިދުމަތް ލިބުމުގައި ހުރި ދަތިތަކާއި މެދުވެސް މަސްވަރާ ކުރެއްވިއެވެ. މި ބައްދަލު ވުމުގައި ރައީސާި ނާއިބު ރައީސްގެ އިތުތުން ކަމަދޫ ސިއްހީމަރުކަޒުގެ އޮފިޝަލަކުވެސް ބައިވެރިވިއެވެ.

ކަމަދޫ ކައުންސިލުގެ ރައީސް ސާޖިދު ވިދާޅުވީ މި ބައްދަލުވުމަކީވެސް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި މިހާރުން މިހާރަށް ބޭނުންވާ ކަންކަން ނޯޓުކޮށް އަވަސް ހައްލެއް ހޯދަވައި ދެއްވާނެކަމުގެ ޔަގީނަކަން މިނިސްޓަރ ދެއްވިކަމަށެވެ.

ރައީސް ސާޖިދު ވިދާޅުވީ އަދިވެސް އިތުރު މިނިސްޠަރުނަނާއި ބައްދަލުކޮށް ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް އަވަސް ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރަށްވާނެކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :