އޭދަފުށީ އުތުރުފަރާތު ސްޓޭޖް ސަރަހައްދަށް އުދައަރާފައި– އީޓީފޮޓޯ/އިބްރާހިމް ޝަހީދު

ބ. އޭދަފުއްޓަށް އިއްޔެ އުދަ އަރައިފި

ހިތާދޫ އޮންލައިން | 16 ޖޫން 2019





ބ. އޭދަފުއްޓަށް ވަރަށް ބޮޑަށް އިއްޔެ އުދަ އަރައިފިއެވެ.

އެންމެ ބޮޑަށް އުދަ އަރާފައި ވަނީ އެރަށު އުތުރު ފަރާތު ސްޓޭޖް ސަރަހައްދަށެވެ. އުދަ އެރުމުގެ ސަބަބުން އެ ސަރަހައްދުގެ ބޮޑު ބައެއްގައި ވަނީ ފެންބޮޑުވެފަ އެވެ.

އުދަ އެރުމުގެ ސަބަބުން މީހަކަށް އަދި ތަނަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.ނަމަވެސް ސްޓޭޖް ސަރަހައްދާ ހަމައަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ވަނީ ކޮށްފައެވެ.

މިއީ މި ފަހުން، އޭދަފުއްޓަށް އަށް މިހާ ބޮޑަށް އުދަ އެރި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓު އޮފީހުން ބުނެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :