އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލް އަގު ހެޔޮ ކޮށްފީ

ހިތާދޫ އޮންލައިން | 16 ޖޫން 2019

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮ ކޮށްފިއެވެ.

އެސްޓީއޯއިން ވަނީ ޕެޓްރޯލް ލީޓަރެއް 11.13ރ. އަށް އަދި ޑީސަލް ލީޓަރެއް 11.19ރ. އަށް ހެޔޮ ކޮށްފައެވެ. މި ބަދަލާއެކު ޕެޓްރޯލް ލިޓަރަކުން 26ލ. އަދި ޑީސަލް ލިޓަރަކުން 78ލ. ހެޔޮވީ އެވެ.

އެސްޓީއޯ އިން ބުނީ މި ފަހަރު ތެލުގެ އަގު ހެޔޮ ކުރަން ނިންމީ، ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގު ހެޔޮވުމުގެ ސަބަބުން ކަމަށެވެ.

އެސްޓީއޯއިން މިއަހަރު ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮކުރި މިއީ ތިން ވަނަ ފަރަރެވެ. މިދިޔަ މަހު ވެސް ވަނީ އެސްޓީއޯއިން ތެލުގެ އަގު ހެޔޮކޮށްފަ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :