ސާޖިދު ރައީސް ނަޝީދާއި ސަލާމް ކުރައްވަނީ

ހިތްވަރުގަދަ ސާޖިދު ކަމަދޫ ކައުންސިލުގެ ރައީސަކަށް އިންތިޚާބު ކޮށްފި!

ޢާމިރު ޢަބްދުއްލަޠީފު | 14 ޖޫން 2019

ބ. ކަމަދޫ ކައުންސިލުގެ ރައީސް ކަމަށް ހިތްވަރުގަދަ އެމްޑީޕީ ކައުންސިލަރ އަޙްމަދު ސާޖިދު ރޭ އިންތިޚާބު ކޮށްފިއެވެ.

ސާޖިދު ރައީސްކަމަށް އިންތިޚާބު ކުރީ އެ ކައުންސިލުގެ ރައީސް އަޙްމަދު ސަމީރު ރައީސްކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ރޭ ބޭއްވި ޖަލްސާގެ އިއްތިފާގުންނެވެ. ރޭގެ ޖަލްސާގައި ނައިބު ރައީސަކުވެސް ވަނީ ހޮވާފައެވެ. ނައިބު ރައީސަކަށް ހޮވުނީ ކުރީގެ ރައީސް އަޙްމަދު ސަމީރެވެ.

ސާޖިދަކީ އެމްޑީޕީގެ ހަރަކާތްތަކުގައި ވަރަށް ވަރުގަދައަށް މަސައްކަތް ކުރައްވާފައިވާ އެކްޓިވިސްޓެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :