މޫސުން ގޯސްވެ ބ. ކަމަދޫން ފަތްކެޔޮ ގަސް ވެއްޓިފައި ފޮޓޯ-ސާޖިދު

މޫސުން ގޯސްވެ ބ. ކަމަދޫން ގިނަ ފަތްކެޔޮ ގަސްތަކެއް ހަލާކު ވެއްޖެ!

ޢާމިރު ޢަބްދުއްލަޠީފު | 10 ޖޫން 2019





މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގައި މޫސުބް ގޯސްވެ ބ. ކަމަދޫން ގިނަ ޢަދަދެއްގެ ފަތްކެޔޮ ގަސް ހަލާކުވެފައިވާ ކަމަށް ކަމަދޫ ކައުންސިލުން ބުނެފިއެވެ.

ބ. ކަމަދޫ ކައުސިލުން ބުނީ ފަތްކޭލުގެ އާމްދަނީން ކަމަދޫ ރައްޔިތުން ބޮޑު ނަފށއެއް ލިބޭ ކަމަށާއި މި ވިޔަފާރި ބ.ކަމަދޫގައި ފުޅާވެ ގިނަބަޔަކު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަށް ވެފައިވާކަމަށެވެ.

ގިނަފަރާތްތަކެއް ކަންބޮޑުވުމާއެކު ކައުންސިލަށް ލިބުނުޝަކުވާތަކާއި ގުޅިގެން ބެލިބެލުމުން މިފަހަރު ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން ގާތްގަޑަކަށް 200 އާއި ގާތްކުރާއަދަދަށް ގަސްމިވަނީ ހަލާކުވެފައި ވާކަމަށާއި ހަލާކުވެފައިވާ ގަސްތަކުގެ ތެރޭގައި ކެޔޮގަނޑު ހަރުވާން ކައިރިވެފައިވާ ގަސްގަހާއި ބޯށި ނުކުމެފައިވާ ގަސްތައް ފާހަގަކުރެވޭ ކަމަށްވެސް ކަމަދޫ ކައުންސިލުން ބުންޏެވެ.

"ވަރަށް ގިނަ ރައްޔިތުންނަށް ވަނީ އަގު ނުކުރެވޭވަރުގެ ގެއްލުންވެފަ ފަތްކޭލުގެ ވިޔަފާރިއަކީ މީގެ ކުރިން ޔޫ،އެން،ޑީ،ޕީގެ އެހީގެ ދަށުން ކަމަދޫއަށް ލިބުނު ކުރިއެރިމެއް ކައިރި ރިސޯޓްތަކަށް ކޮންމެ ދުވަހަކު ކެޔޮބޭރު ކުރޭވެ"

.އެރަށު ބ. ކަމަދޫ ކައުންސިލުން ބުނީ ކަމަދޫ ރައްޔިތުންނަ މި ލިބުނުގެއްލުންތަކަށް އެހީތެރިވެ ދެއްވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :