ފޮޓޯ- އީޓީ

ބ. ހިތާދޫ ސްކޫލް ދަރިވަރުންނަށް މާދަމާ ނާސްތާ ދޭން ފަށަނީ

ހިތާދޫ އޮންލައިން | 10 ޖޫން 2019





މާދަމާއިން ފެށިގެން ބ. ހިތާދޫ ސްކޫގެ ދަރިވަރުންނަށް ހެނދުނު ނާސްތާ ދޭނެކަމަށް އެސްކޫލުން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާދާމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލަކުން ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ލިބޭނެކަމަށެވެ.

ކުރިން ހަމަޖެހިފައި އޮތީ މިއަހަރުގެ ދެވަނަ ޓާމް ފެށޭއިރު ނާސްތާ ޕްރޮގްރާމް ފަށާގޮތަށެވެ. ނަމަވެސް އިއްޔެ ދެވަނަ ޓާމް ފެށުނުއިރު ހަ ރޯދައާ ދިމާވުން މިނިސްޓްރީން ނިންމީ މާދަމާ އިން ފެށިގެން ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފަށާށެވެ.

އަޖުމަ ބެލުމުގެ ގޮތުން ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އަޖުމަ ބެލުމުގެ ގޮތުން ފެށި އެ ޕްރޮގްރާމްގައި ނާސްތާ ފުރަތަމަ ދީފައިވަނީ 25 ސްކޫލެއްގަ އެވެ. މާދަމާ ހުރިހާ ސްކޫލެއްގައި ނާސްތާ ދޭން ފެށުމުން 212 ސްކޫލްގެ ދަރިވަރުންނަށް ނާސްތާ ލިބޭނެއެވެ.

ބ. ހިތާދޫ ސްކޫލުގައި ނާސްތާ ފެށުމަށް ހަވާލު ކޮށްފައިވަނީ އެފްސެވަން ކެފޭއާއެވެ.

ކުދިންނަށް ނާސްތާ ދިނުމަށް ބަޖެޓުގައި 123 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
ނާސްތާ ދޭ އިރު އެކި ދުވަހު ނާސްތާ ދެމުންގެންދަނީ އެކި މެނޫތަކަށް ބަހާލައިގެންނެވެ. ޖުމްލަ ދިހަ މެނުއޭއް ވަނީ ތައްޔާރު ކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައި ވަނީ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ފެށިފަހުން ދަރިވަރުން ގަޑިއަށް ހާޒިރުވެ، މީގެ ކުރިން ނާސްތާ ނުނަގާ ކުދިންވެސް ނާސްތާއަށް އަހުލުވެރިވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :