ބ. ކެޔޮދޫގައި ހުރީ މޫސުން ގޯސްވެގެން އުކާނުލެވި ހުރި ކުނިތަކެއް!

ހިތާދޫ އޮންލައިން | 09 ޖޫން 2019

ބ. ކެޔޮދޫ އަށް ދިގުފަރު އައިލެންޑް ރިސޯޓުން ކުނިއެޅީކީ ނޫންކަމަށާއި އެއީ މޫސުން ގޯސްވުމުގެ ސަބަބުން އުކާނުލެވި ހުރި ކުނިތަކެއް ކަމަށް އެ ރިސޯޓުން ބުނެފި އެވެ.

އެ މައްސަލާގައި ގިނަ ބަޔަކު ރިސޯޓަށް ފާޑުކިޔުންތައް އަމާޒުކުރަމުން ދަނިކޮށް ދިގުފަރު ރިސޯޓުން ބުނީ ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެންނަނީ ވެމްކޯއިން އުކާލަން ބަހައްޓާފައި ހުރި ކުނި ކަމަށާއި އެކަމަކު މޫސުން ގޯސްވުމުގެ ސަބަބުން ކުނި އުކާނުލެވި ލަސްވީ ކަމަށެވެ. އަދި ކުނި އަޅާ ތަނެއްގެ ގޮތުގައި އެ ރަށެއް ބޭނުމެއް ނުކުރާ ކަމަށާއި އެ ރަށް ވެސް ސާފުކޮށް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިސޯޓުން ބުންޏެވެ.

ދިގުފަރު ރިސޯޓުން ބުނީ ކެޔޮދޫ އަކީ އެ ރިސޯޓުގެ ދަށުގައި އޮންނަ ފަޅުރަށެއް ކަމަށާއި އަދި އެ ރަށަށް ގެންދާ ކުނި ކޮންމެ ދެ ހަފުތާއަކުން، ވެމްކޯ މެދުވެރިކޮށް އުކާލާ ކަމަށެވެ.

އަދި ކުނި އަޅާ ތަނެއްގެ ގޮތުގައި އެ ރަށެއް ބޭނުމެއް ނުކުރާ ކަމަށާއި އެ ރަށް ވެސް ސާފުކޮށް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިސޯޓުން ކުރި ފޭސްބުކް ޕޯސްޓެއްގައި ވެ އެވެ.

އެ ރިސޯޓުން މިހާރުވަނީ ކުނިތައް ނަގައި އެރަށް ސާފުކޮށްފަ އެވެ.

ރިސޯޓުތަކުން އުކާލާ ކުނި ކަނޑަށް އެޅުމުގެ ސަބަބުން ރަށްރަށް އެކުނިތައް ލައްގާ އެރަށްތަކުގެ ގޮނޑުދޮށް ހަޑިވާ މައްސަލައަކީ އަބަދުމެހެން އާންމުން ކުރަމުން އަންނަ ޝަކުވާއެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :