ކުޑަރިކިލު ބާ މިސްކިތް ސާފުކުރުމުގެ މަސައްކަތުގައި –ފޮޓޯ :ހިއްޗާ ބޮޑުބެރު ގުރޫޕް

ކުޑަރިކިލު ޒުވާން ގްރޫޕަކުން އެރަށު އާސާރީ މިސްކިތް ސާފުކޮށްފި

ހިތާދޫ އޮންލައިން | 07 ޖޫން 2019





ބ. ކުޑަރިކިލުގައި ހުންނަ އާޘާރީ މިސްކިތް (ބާމިސްކިތް) އެރަށު ޒުވާނުން ނުކުމެ ސާފުކޮށްފިއެވެ.

އެމަސައްކަތް ކޮށްފައި ވަނީ އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާ މިނިސްޓްރީ އާއި އެރަށު ކައުންސިލާއި އެރަށުގައި އޮންނަ ޒުވާން ބޮޑުބެރު ގުރޫޕް، ހިއްޗާ ބޮޑުބެރު ގުރޫޕުންނެވެ..

ހިއްޗާ ބޮޑުބެރު ގުރޫޕުން ބުނީ، އެ ގުރޫޕް އިސްނަގައިގެން އެމަސައްކަތް ކުރީ އެތަނަކީ މުޅި ރާއްޖޭގައިވެސް ނުފެންނަ ފަދަ އާކިޓެކްޗާ މަސައްކަތްތަކެއް ހުރި ތަނަކަށްވެފައި އެތަނަށް އަޅާނުލައި ގިނަދުވަސްތަކެއްވެ، މުޅި ތަން ވަރަށް ބޮޑަށް ހަޑިވެފައިވާތީ ކަމަށެވެ. އެހެންކަމުން އެތަން ރީތިކުރަން ވިސްނައި އިއްޔެ އެމަސައްކަތް ކުރީ ކަމަށް އެގުރޫޕުން ބުންޏެވެ.

އެގުރޫޕުން ބުނީ، އެތަން މިހާރަށްވުރެ ބޮޑަށް ބަލަހައްޓައި މިނިސްޓްރީގެ އެއްބާރުލުމާއެކު އެމިސްކިތް އަލުން ބިނާ ކުރުމަކީ ޒުވާނުންގެ އުންމީދެއް ކަމަށެވެ.

ކުޑަރިކިލު ބާކިސްކިތަކީ ފަންނުވެރިކަން ދައްކުވައިދޭ މިސްކިތެކެވެ. މިސްކިތުގެ ފާރުގައި ހަދާފައިވާ ސަމުގާއެއް ރަމްޒްކޮށްދޭ ދެ ކުޑަ ދޮރު ހުރެ އެވެ. ދެ ދޮރުވެސް ފަރުމާކޮށްފައި ވަނީ ކުކުޅު ބިހުގެ ބައްޓަމަށެވެ. ފާރުގެ ތެރެއިން ކަނޑާ ނަގާފައިވާ އެ ދެ ދޮރު ވެސް ހުންނަނީ އަނބުރާ ލެވޭ ގޮތަށެވެ.

އެމިސްކިތުގައި ނަމާދުކުރުން ހުއްޓާލާފައިވަނީ 1989 ވަނަ އަހަރު އެވެ. އެމިސްކިތަށް އަޅާނުލައި ހުރުމުން ވަރަށް ބޮޑަށް ވަނީ ވީރާނާވެފަ އެވެ. އެމިސްކިތުގެ ފުރާޅުވެސް ވަނީ އެއްކޮށް ހަލާކުވެފަ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :