ސޯއޯސީ ތްރީއޮންތްރީ 1440 ގެ ޗެމްޕިއަން ޓީމް އެފްސީ ޒެނިތު - ފޮޓޯ ސީއޯސީ

ސީއޯސީ ތްރީއޮންތްރީ ޗެމްޕިަން ތަށި އެފްސީ ޒެނިތު އުފުލާލައިފި

ޢާމިރު ޢަބްދުއްލަޠީފު | 06 ޖޫން 2019





ސީއޯސީ ތްރީ އޮން ތްރީ 2 ވަނަ ފުޓު ބޯޅަ މުބާރާތުގެ ޗެމްޕިއަން ތަށި " އެފްސީ ޒެނިތު" ނަގައިފިއެވް.

އެ ޓީމުން ތަށި ނެގީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި "ހިތްމޮޅު" އާއި ބައްދަލުކޮށް 2،1 އިން މޮޅު ވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުރޫ އެވެ.

މި މުބާރާތުގެ ފެއާރ ޕްލޭ ޓީމަކަށް ހޮވިފައި ވަނީ ބީކޭއެން އެވެ. ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ޢަބްދުލް ބާއިސް އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ޝަމްޢާން އަހްމަދު ރަޝީދެވެ.

މި މުބާރާތުގެ މޮޅު ތިން ކުޅުންތެރިންނަކީ ހަސަން ނާޝިދު އާއި ޢަބްދުލް ބާއިސް އާއި މުރުޠަލާއަދުނާނެވެ.

މި އަހަރުގެ ޗެމްޕިއަން ޓީމަށް ސީއޯސީ އިން ވަނީ 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. ސީއޯސީ ޓީމުން ބުނީ އަންނަ އަހަރުވެސް މި މުބާރާތް މިއަށްވުރެ ފުރިހަމަކޮށް ގެންދަން މަސައްކަތް ކުރާނެ ކަމަށާއި މި މުބާރާތް ކުރިއަށް ގެންއުމުގައި ގިނަ ބައެއްގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ. އެފަރާތްތަކަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާކަމަށްވެސް ސީއޯސީން ބުނެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :