ކެޔޮދޫއަށް އަޅާފައިވާ ކުނި — ފޮޓޯ: ނިޒާމް

ބ. އަތޮޅު ކެޔޮދޫ ބީޗަށް ކުނި އަޅާ މައްސަލަ ބަލަނީ

ހިތާދޫ އޮންލައިން | 06 ޖޫން 2019

ބ. ކެޔޮދޫ ގޮނޑުދޮށަށް ގިނަ އަދަދެއްގެ ކުނި އަޅާފައިވާ މައްސަލަ ކަމާގުޅޭ އިދާރާތަކުން ބަލަން ފަށައިފި އެވެ.

ކުނި އަޅާ މައްސަލަ ފެންމަތިވީ ތިމާވެށީގެ ދުވަހު ސޯޝަލް މީޑިއާގައި މޯލްޑިވްސް ކްލީން އެންވަޔަރަމަންޓްގެ ޕްރޮޖެކްޓެ މެޖޭނަރު އަހްމަދު ނިޒާމް އާއްމުކުރި ފޮޓޯތަކަކުންނެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެރަށުގެ ގޮނޑު ދޮށަށް ގިނަ އަދަދެއްގެ ކުނި ފުންޏެއް ވަނީ ޖަމާކޮށްފަ އެވެ.

ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި ކެޔޮދޫއަށް ކުނި އަޅަމުން އަންނަނީ އެރަށާ ކައިރީގައި އޮންނަ ދިގުފަރު ރިސޯޓުންނެވެ.

އެންވަޔަރަމްންޓަ ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ކުނި ނައްތާލުމަށް އުސޫލުތައް ކަނޑައެޅިފައި އޮންނައިރު، އުސޫލަށް ބެލުމެއް ނެތި، މިފަދަ ގޮތަކަށް ކުނި އެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އީޕީއޭ އާއި ފުލުހުން ގުޅިގެން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :