ހިތްމޮޅު، ޑީސީ ސްޕޯޓްސް، އެފްސީ ޒެނިތު އަދި ބަގޭސްކަންމަތި ސެމީއަށް!

ޢާމިރު ޢަބްދުއްލަޠީފު | 05 ޖޫން 2019





ބ. ހިޔާދޫގައި މިހާރު ކުރިއަށްދާ " ސީއޯސީ 3 އޮން 3 " ދެވަނަ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ހިތްމޮޅު ، ޑީސީ ސްޕޯޓްސް ކްލަބު، އެފްސީ ޒެނިތު އަދި ބަގޭސް ކަންމަތި ދަތުރު ކޮށްފިއެވެ.

ހިތްމޮޅު ސެމީއަށް ދިޔައީ މިއަދު ހަވީރު ކުޅުނު މެޗުގައި އެފްސީ މަރުމޯލާއި ބައްދަލު ކޮށް 1،1 އިން އެއްވަރު ވެގެންނެވެ. ރޭ ކުޅުނު މެޗުގައި ބަގޭސް ސިޓީއާއި ބައްދަލުކޮށް 4،2 އިން ހިތްމޮޅު ވަނީ މެޗު ކާމިޔާބު ކޮށްފައެވެ.

ޑީސީ ސްޕޯޓްސް ސެމީން ޖާގަ ހޯދީ މިރޭ ކުޅުނު މެޗުގައި އިގުއާނާ އަައި ބައްދަލުކޮށް އެއްވެސް ބަޔަކަށް ގޯލެއްނުޖެހި މެޗު ނިމުމުންނެވެ. ރޭ ކުޅުނު މެޗުގައި 911 އެފްސީ ފައިވާން 2،0 ވަނީ ޑީސީ ސްޕޯޓްސްމޮޅުވެފައެވެ.

އެފްސީ ޒެނިތު ސެމީއަށް ދިޔައީ މިރޭގެ މެޗުގައި ސުންދޫސް އާއި ބައްދަލުކޮށް 3،1 އިން މެޗު ކާމިޔާބު ކޮށްގެނެވެ.

ބަގޭސް ކަންމަތި ސެމީން ޖާގަ ހޯދީ މިއަދު ހަވީރު ކުޅުނު މެޗުގައި ހާސްކަނޑާ އާއި ބައްދަލުކޮށް 5،1 އިން މެޗު ކާމިޔާބު ކޮށްގެނެވެ.

ސެމީ ފައިނަލް މެޗުތަށް އޮންނާނީ މިރެއެވެ. ސެމީގެ ފުރަތަމަ މެޗުގައި 23:00 ގައި ބައްދަލު ކުރާނީ ހިތްމޮޅު އަދި ޑީސީ ސްޕޯޓްސް ކްލަބެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ އެފްސީ ޒެނިތު އާއި ބަގޭސް ކަންމަތި އެވެ. މި މެޗު އޮންނާނީ މިރޭ 23:26 ގައެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު 16:30 ގައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :