ސީއޯސީ 3 އޮން 3 ފެށުމުގެ ތެރެއިން. ފޮޓޯ- ސީއޯސީ

ސީއޯސީ ތްރީއޮންތްރީ ފުޓބޯޅަ މުބާރާތް މިއަދު ހަވީރު ފަށައިފި!

ޢާމިރު ޢަބްދުއްލަޠީފު | 04 ޖޫން 2019





ސީއޯސީ ޓީމުން އިންތިޒާމު ކޮށްގެން " ސީއޯސީ ތްރީ އޮން ތްރީ " 2 ވަނަ ފުޓުބޯޅަ މުބާރާތް މިއެދު ހަވީރު ފަށައިފިއެވެ.

މުބާރާތް ފައްޓަވައި ދެއްވީ ބ. ހިތާދޫގެ ފުޓބޯޅައިގެ ލެޖެންޑެއް ކަމަށްވާ ބ. ހިތާދޫ ހުޅަނގުވިލާ މޫސާ ޙުސައިނެވެ.

މުބާރާތް ފެށުމުގެ ގޮތުން ބައްދަލު ކުރީ ހިތްމޮޅު އަދި ކަމިކާޒީ އެވެ. މިމެޗު އެއްލަނޑު ދެލަނޑުން މެޗު ކާމުޔާބު ކުރީ ހިތްމޮޅު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޢަބްދުލް ބާއިސެވެ.

މިއަދު ހަވީރު ފަސް މެޗު ކުޅެފަވާއިރު ދެވަނަ މެޗުގައި ސުންދޫސް އާއި ދަބެސްޓު ބައްދަލުކޮށް 1 ،1 އިންވަނީ ޑްރޯވެފައެވެ. ތިންވަނަ މެޗުގައު ބައްދަލު ކުރީ އިގުއާނާ އާއި ބީކޭއެން އެވެ. ދެލަނޑު ސުން ލަނޑުން މެޗު ކާމިޔާބު ކުރީ އިގުއާނާއެވެ.

މު މުބާރާތުގެ ހަތަރު ވަނަ މެޗުގައި އެފްސީ ސާންޑާއި ހާސްކަނޑާ ބައްދަލުކޮށް ނުވަ ލަނޑު ސުން ލަނޑުން އެފްސީ ސާންޑު ވަނީ މެޗު ކާމިޔާބު ކޮށްފައެވެ. މިއަދު ހަވީރު ކުޅުނު ފަހުމެޗުގައި އެފްސީ މަރުމޯލް އާއި ބަގޭސް ސިޓީ ބައްދަލުކޮށް ލަނޑެއް ނުޖެހި ވަނީ މެޗު ނިމިފައެވެ.

މި މުބާރާތުގެ މެޗުތަށް މިރެއާއި މާދަމާވެސް ކުރިއަށް ދާނެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :