އިންޑިއާގެ އެހީގައި ފެހެންދޫ ސްކޫލް ކުދިންނަށް ފެރީ ހަމަޖައްސަނީ!

ހިތާދޫ އޮންލައިން | 04 ޖޫން 2019





ބ. ފެހެންދޫ ސްކޫލް ކުދިން ގޮއިދޫ ސްކޫލަށް ދިއުމަށް ޑިންގީއެއްގައި ދަތުރުކުރަން ޖެހޭތީ އެކަން ހައްލު ކޮށްދިނުމަށްޓަކައި އެ ސްކޫލަށް ޚާއްސަ ފެރީއެއް އިންޑިއާ ސަރުކާރުގެ އެހީގައި ދިނުމަށް ނިންމައިފި އެވެ.

ކުޑަ ޑިންގީއެއްގައި ކޮންމެ ދުވަހަކު ދެއިރު ކަނޑު ހުރަސް ކުރާ 26 ކުދިން ބ. ފެހެންދޫގައި އުޅެއެވެ. އޭގެ ތެރޭގައި ޕްރީ ސްކޫލު ކުދިން ވެސް ހިމެނެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދީފައިވާ 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ފެހެންދޫ ސްކޫލްގެ ކުދިންނަށް ރަނގަޅު ފެންވަރުގެ ފެރީއެއް ހަމަޖެއްސުމަށް 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

ފެހެންދޫ ސްކޫލް ކުދިންގެ ފެރީ ދަތުރުތައް ކުރަމުން ދަނީ، ރ އަތޮޅު ފަސްރިޔާ ޕްރައިވެޓް ލިމިޓެޑްގެ އެހީތެރިކަމާއެކު އެ ސްކޫލަށް 2017 ވަނަ އަހަރު ހަދިޔާކުރި ޑިންގީއެއްގައެވެ އަދި ފެރީގެ ދަތުރުތަށް ކުރުމާއި ހަވާލުކޮށްފައިވަނީ ބ. ގޮއިދޫ ސްކޫލުގެ ޕީ.ޓީ.އޭ އާއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :