މުބާރާތް ހުޅުވާނީ "ހިތްމޮޅު" އަދި "ކަމިކަޒީ"!

ޢާމިރު ޢަބްދުއްލަޠީފު | 04 ޖޫން 2019

ބަރަކާތްތެރި ފިޠުރު ޢީދުގެ އުފަލުގައި ސީއޯސީ ޓީމުން ކުރިއަށްގެންދާ ފުޓުބޯޅަ މުބާރާތް " ސީއޯސީ ތްރީއޮންތްރީ " ދެވަނަ މުބާރާތް މިއަދު ހަވީރު ފަށަން ނިންމާފައިވާ ކަމަށް ސީއޯސީން ބުނެފިއެވެ.

ސީއޯސީ އިން އިންތިޒާމު ކުރާ މި މުބާރާތް ހުޅުމުގެ ގޮތުން މިއަދު ހަވީރު 4:00 ބައްދަލު ކުރާނީ "ހިިތްމޮޅު " އާއި " ކަމިކަޒީ" އެވެ.

ބުރާސްފަތި ދުވަހު ހަވީރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެޗުތަށް ރޭގަނޑުވެސް ކުޅޭނެއެވެ. އެގޮތުން މިރެއާއި މާދަމާރޭވެސް ކުޅުމަށް ހަމަޖެހިފައި ވެއެވެ.

ބ. ހިތާދޫ ރަސްމީ ބޯޅަ ދަނޑުގައި ކުޅޭ މި މުބާރާތުގައި ޖުމްލަ 15 ޓީމަކުން ވާދަކުރެއެވެ. އެއީ ގްރޫޕް އޭ ގެ ހިތްމޮޅު، ކަމިކަޒީ، އެފްސީމަރމޯލް، ބަގޭސްސިޓީ އާއި ގްރުޕް ބީ ގެ ސުންދޫސް، ދަބެސްޓް، އެފްސީޒެނިތު ، ބަރާބަރުއެފްސީ އާއި ގްރޫޕް ސީ ގެ އިގުއާނާ، ބީކޭއެން، ޑީސީސްޕޯޓްސް ކްލަބު، 911އެފްސީފައިވާން އާއި ގްރޫޕް ޑީ ގެ އެފްސީސާންޑު، ހާސްކަނޑާ އަދި ބަގޭސް ކަންމަތި އެވެ.

މިއީ ސީއޯސީން އިބްތިޒާމު ކޮށްގެން ބ. ހިތާދޫގައި ބާއްވާ ދެވަނަ މުބާރާތެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :