ހިތާދޫ ޢީދު ކުޅިވަރުގެ ތެރެއިން. ފައިލްފޮޓޯ- ހިތާދޫ އޮންލައިން

މާދަމާ އަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސް!

ޢާމިރު ޢަބްދުއްލަޠީފު | 03 ޖޫން 2019





މާދަމާ އަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ

މާދަމާއަކީ އީދު ކަމަށް ކަނޑައަޅައި އެކަން ރަސްމީކޮށް އިއުލާން ކުރީ ހަނދާ ބެހޭ ގޮތުން އިއްވި ބަޔާނުގަ އެވެ. އެ ބަޔާނުގައި ބުނީ މިރޭ ބައެއް ގައުމުތަކަށް ހަނދު ފެނިފައިވާތީ އާއި ރާއްޖޭގައި މިހާތަަނަށް ވެސް އަމަލުކުރާ އުސޫލުގެ މަތިން މާދަމާ އަކީ މިއަހަރުގެ ފިތުރު އީދުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައެޅީ ކަމަށެވެ.

ހިތާދޫ އޮންލައިންގެ ކިޔުންތެރިންނަށް ފިޠުރު ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ “ހިތާދޫ އޮންލައިން”ގެ ފަރާތުން ފޮނުވަމެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :